މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ޙިދުމަތް މެދު ކެނޑިދާނެކަމަށް މާލޭގައި ކަރަންޓުގެ ޙިދުމަތް ދެމުން އަންނަ ކުންފުނި ސްޓޭޓް ޓްރޭޑިން އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިރޭ ބުނެފިއެވެ.
ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެކުންފުނީގެ ސިސްޓަމްތަކުގެ ކޮންމެހެން ކުރަންޖެހޭ ޓެސްޓުތަކެއް މާދަމާ ކުރުމަށް ހަމަ ޖެހިފައިވާތީވެ ކަރަންޓުގެ ޙިދުމަތް މެދު ކެނޑިދާނެ ކަމަށެވެ.
ކަރަންޓުގެ ޙިދުމަތް މެދު ކެނޑިދާނޭ ކަމަށް ބުނެފައިވަނީ މާދަމާގެ ހެނދުނު 07:00 އާއި 08:00 ދެމެދު އެވެ.
މިއީ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ޓެސްޓްތަކެއްްކަން ހާމަ ކޮށްފައި ވެއެވެ.
އަދި ކަރަންޓުގެ ޙިދުމަތް މެދުކެނޑިއްޖެނަމަ ކަސްޓަމަރުންނަށް ކުރިމަތި ވެދާނެ ދަތިތަކަށް ސްޓެލްކޯގެ ފަރާތުން ނިހާޔަތަށް މާފައް އެދިފައިވެސް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް