އދ. ދަނގެތިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ އިއްޔެ ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު (ޕީޕީއެމް/ޕީއެންސީ) ގެ ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ހާމަކޮށްފައިވާ ގޮތުން ދަނގެތިން ރަހުމުކުޑަކޮށް މަރާލަަފައިއޮއްވާ ފެނުނު އެރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލާފަ ފަޅު ގެއެއްގެ ވަޅަކަށް އެއްލާލާފައިވާ މައްސަލައިގެ ކަންބޮޑުވުން އިދިކޮޅު ކޯލިޝަނުން ފާޅު ކުރަނީ ނުހަނު ބިރުވެރިކަމާއެކުއެވެ. އަދި މަހްމޫދު އަނިޔާވެެރި ގޮތަަކަށް މަރާލުމުގެ ފަހަތުގައިވާ ސަބަބުތައް ހޯދަން ގޮވާލާފައިވެއެވެ.
އެގޮތުން މި އަމަލު ހިންގުމަށް އެކި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމަށްޗަށް ގެނައުމަށް ކުރެވޭ މަސައްކަތް އަވަސް ސްޕީޑެއްގައި ކޮށް ނިންމުމަށް ގޮވާލާފައިވެއެވެ. އަދި މަހުމޫދުގެ ޤާތިލުން އިންސާފުގެ ކުރިމައްޗައް ގެނެސް ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.
ހަމަމިއާއެކު ދަނގެއްޗަށް ކުރިމަތިވެފައިވަ ބިރުވެރިކަމުން އެރަށުގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި އެންމެހާ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވާލާފައިވެއެވެ.
އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި އިތުރަށް ހާމަ ކޮށްފައިވާ ގޮތުގައި މި ހިތްދަތި ދަނޑިވަޅުގައި މަހުމޫދުގެ އާއިލާއާއި ދަނގެތީ ރައްޔިތުންގެ ހިތާމައިގައި ބައިވެރިވެ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ހުރިހާ ފަރާތްތަކެއްގެ ނަމުގައި ތައުޒިޔާ ދަންނަވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް