ސްޕްރީމް ކޯޓުން ކޮށްފައިވާ ހުރިހާ ހުކުމަކާއި ހައި ކޯޓުގެ ހުރިހާ ހުކުމްތަކެއްގެ ތަފްސީލް ފަސޭހައިން ބަލާލެވޭނެ ޑާޓާ ބޭހެއް ތައާރަފް ކޮށްފިއެވެ.
މި ޑޭޓާ ބޭސް ތައާރަފް ކޮށްފައިވަނީ ޤާނޫނީ ވަކީލް މަރިޔަމް ޝުނާނާގެ ލޯ ފާމުން ރޭގެ ވަގުތެއްގައެވެ. މި ޑޭޓާ ބޭސް ނެރެދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.
އެގޮތުން ޝުނާނާގެ ލޯ ފާމުން ނެރެފައިވާ ޑޭޓާ ބޭސް "ޝުނާ.ލޯ" އިން ހުކުމްތަކުގެ ޓެކްސްޓުތަކާއި ސްޕްރީމް ކޯޓުން ކޮށްފައިވާ ހުރިހާ ހުކުމަކާއި ހައިކޯޓުގެ ހުރިހާ ހުކުމެއްގެ ތަފްސީލް ބަލާލެވޭނެއެވެ.
މީގެ އިތުރުން ހުކުމެއްގެ ހާލަތާއި ކަނޑައަޅާފައިވާ އުސޫލުތައް ފާހަގަ ވާނޭ ނިޝާންތައް ބޭނުންކޮށްފައި ވެއެވެ. ވަކި ވަކި ފަނޑިޔާރުން ކޮށްފައިވާ ހުކުމްތަކާއި ތަފާތު ހުކުމްތަކުގެ ތަފްސީލް މިޑޭޓާ ބޭހުން ފަސޭހަކަމާއެކު ބަލަލެވޭނެ އެވެ.
ޝުނާނާގެ ލޯ ފާމުން ނެރެފައިވާ ޑޭޓާ ބޭހުގެ ދެވަނަ ފިޔަވަހީގައި ޤާނޫނީ ފޮތްތައް ހިމަނަން ވަނީ ނިންމާފަ އެވެ. މި ޑޭޓާބޭހުގެ އިތުރުން "ވަޒީފާ އާއި ބެހޭ ޤާނޫނީ އުސޫލުތައް" ނަމުގައި އެކަމަނާ ލިޔުއްވާފައިވާ ފޮތެއްވެސް ރޭގެ ރަސްމިއްޔާތުގައި ނެރެފައި ވެއެވެ.
މި ފޮތް ނެރެދެއްވުމަށްފަހު، މި ފޮތުގެ ސަބަބުން ޤާނޫނު ދިރާސާ އަށް ފަސޭހަ ވެގެން ދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް