ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލައިފި އެވެ. ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލާފައިވަނީ 14 އޮކްޓޯބަރު ގައި ކަމަށެވެ. އަދި އެތަކެތި ނައްތާލާފައިވަނީ ކ. ތިލަފުށީ...

15 Oct 2021 | 14:21

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލާފައިވަނީ 14 އޮކްޓޯބަރު ގައި ކަމަށެވެ. އަދި އެތަކެތި ނައްތާލާފައިވަނީ ކ. ތިލަފުށީގެ ސައިޓްގައި ކަސްޓަމްސް އޮފިސަރުންގެ ހާޒިރުގައި ކަމަށެވެ.

އެގޮތުން 210 ކާޓަން (5040 ފުޅި) ބަނގުއާވި ނައްތާލާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް