ފ. ނިލަންދޫގައި ބާއްވަމުން އަންނަ ރަށްވެހި ޗެލެންޖު ފުޓްބޯޅަ މުބާރާތް ޑިސެމްބަރ މަހު ބާއްވަން ނިންމަައިފި އެވެ.
މިއީ އެރަށު ރަށްވެހި ގްރޫޕުން އިސްނަގައިގެން އެރަށު ޖަމިއްޔަތުއް ޝަބާބު އަދި ނިލަންދޫ ސްޕޯޓްސް ކްލަބު ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މިއަހަރުގެ ޑިސެމްބަރ މަހު 26 ގައި ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފ. އަތޮޅުގެ ހުރިހާ ކްލަބް، ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފަ އެވެ.
މުބާރާތުގައިި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޑިސެމްބަރ10 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ޓީމު ލިސްޓު ފުރިހަމަ ކުރުމަށް ފަހު [email protected] އަށް މެއިލް ކުރުމަށް ވަނީ އެދިފަ އެވެ.
މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު ރަށްވެހި ޗެލެންޖު، ޖަމިއްޔަތުއް ޝަބާބު އަދި ނިލަންދޫ ސްޕޯޓްސް ކްލަބުގެ ފޭސްބުކް ޕޭޖުން ލިބޭނެ އެވެ.
މި މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ އިތުރު މައުލޫމާތު ހޯދުމަށް 7789266 ނުވަތަ 9996591 އަށް ގުޅުމަށް އެދޭ ކަމަށެވެ.
ރަށްވެހި ނަމުގައި މީގެ ކުރިން ބާއްވަމުން އައީ ފުޓްސަލް މުބާރާތެވެ. ނަމަވެސް ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ޓަރފް އެޅުމާއިގުޅިގެން މިއަހަރު ބާއްވަނީ ފުޓްބޯޅަ މުބާރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް