އޮމާނުގެ ވެރިރަށް މަސްކެޓުގައި މިހާރު ކުރިއަށްދާ ވަރލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑަރ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެ ބައިގެ ކުއާޓަރ ފައިނަލަށް ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ދަތުރުކޮށްފި އެވެ.
އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އިންތިޒާމުކޮށްގެން ކުރިއަށް މި މުބާރާތުގެ ކުއާޓަރއަށް ދީމާ ދަތުރުކުރީ ހުކުރު ދުވަހު ކުޅުނު މެޗުތަކުން ޕާކިސްތާންގެ ހޫރު ފަވާދާއި އުޒްބެކިސްތާންގެ ދިޔޯރާ ޓޮޝްޕުލާޓޯ ބަލިކުރުމަށްފަހު އެވެ.
ފުރަތަމަ މެޗުގައި ހޫރުގެ މައްޗަށް ދީމާ ކުރިހޯދީ 11-8، 11-4 އަދި 11-9 އިން ނެވެ. އަދި ދެވަނަ މެޗުގައި ދިޔޯރާ އަތުން ދިމާ މޮޅުވީ 12-10، 11-8 އަދި 11-5 އިން ނެވެ.
އެއާއެކު ހުކުރު ދުވަހު ކުޅޭ ކުއާޓަރ ފައިނަލުގައި ދީމާ ވާދަކުރަން ޖެހޭނީ ގަދަ 16 ގައި އީރާނުގެ ޔެކްތާ އަބީދިއާން އާއި އުޒްބެކިސްތާންގެ އާސެލް އަރެކްބައޭވާ ކުޅެގެން މޮޅުވާ ކުޅުންތެރިއަކާ ދެކޮޅަށެވެ.
ވަރލްޑް ރޭންކިންގގެ ކުރީގައި ހިފަހައްޓަން މަސައްކަތްކުރުމުގެ ގޮތުން ވަރލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީސް މުބާރާތްތަކުގައި ދީމާ ވާދަކުރަމުން އަންނައިރު، ދުނިޔޭގެ ރޭންކިންގގައި މި ވަގުތުގެ ދީމާ އޮތީ 15 އަހަރުން ދަށުގެ ރޭންކިންގ ތާވަލުގެ 20 ވަނައިގަ އެވެ.
އެކަމަކު މި އަހަރުގެ އޭޕްރީލް މަހު އައިޓީޓީއެފްއިން ހާމަކުރި ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގގެ ޖޫނިއަރ ބައިގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން އަށްވަނައިގައި ދިމާ ހިމެނުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް