ދަނގެތީގައި މަރާލި މަހްމޫދުގެ ޖަނާޒާ ބާއްވައިފި

އދ. ދަނގެތީގައި މަރާލި މަހްމޫދުގެ ޖަނާޒާ ބާއްވައިފި އެވެ. އެރަށުގެ ވަޅަކަށް ފައްތާ މަރާލާފައި އޮތް ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ ޢަޞުރު ނަމާދަށް ފަހުއެވެ. މި ޖަނާ...

15 Oct 2021 | 13:08

އދ. ދަނގެތީގައި މަރާލި މަހްމޫދުގެ ޖަނާޒާ ބާއްވައިފި އެވެ.

އެރަށުގެ ވަޅަކަށް ފައްތާ މަރާލާފައި އޮތް ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ ޢަޞުރު ނަމާދަށް ފަހުއެވެ. މި ޖަނާޒާގައި އެރަށުގެ 'ފައި އިނދޭފުރައިން' މީހުން ވަނީ ބައިވެރިވެފަ އެވެ.

މަހުމޫދު ޖަނާޒާ ބޭއްވުމަށް އެންމެފުރަތަމަ ނިންމީ މިރޭ މަޣުރިބް ނަމާދަށް ފަހުގަ އެވެ. އެހެންނަމަވެސް ޢަޞުރު ނަމާދަށް ޖަނާޒާގެ ކަންކަން ނިންމީ ހަށިގަނޑު ވަރަށް ބޮޑަށް ފޮއްސިވެ ވަސް ގޯސްވުމުގެ ސަބަބުން ނެވެ.

މި މަހުގެ 13 ވީ ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 11 ޖަހާކަންހާއިރު، ފޯނެއްގައި ބޭރަށް ދިޔަ މަހުމޫދު އެ ރޭ ގެޔަށް ނިދާންއައި ކަމެއް އަންހެނުންގެ ބަލިހާލަތު ހުރި ގޮތުން އެނގިފައެއް ނެތެވެ. އަދި އާންމުކޮށް ހެނދުނު 9 ޖަހާއިރު ސައިބޯން އަންނަ މަހުމޫދު 10 ޖަހާއިރުވެސް ސައިބޯން ނައިސް ފޯނަށް ޖަވާބު ނުދިނުމުން ރައްޔިތުން ވަނީ އޭނާ ހޯދަން ނިކުމެފަ އެވެ.

މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ އިއްޔެ މެންދުރުފަހު ގާތްގަނޑަކަށް 3:15 ހާއިރެވެ. ހަށިގަނޑު ފެނުނު އިރު އޮތީ ގޯންޏެއްގެ ތެރެއަށް ލައި ފަޅުގެއެއްގެ ތެރޭގައި ހުންނަ ވަޅަކަށް އެކޮޅުކޮޅުން ފައްތާފަ އެވެ.

މަހުމޫދު މަރާލައިފާ ވަނީ އަނިޔާތަކެއް ދިނުމަށްފަހު އެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވާ އިރު، ނިތްކުރި، ކަންފަތް އަދި ކަރަށް ވަޅިން އެކި ވަރުގެ އަނިޔާ ދީފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް