ތަޢުލީމާއި ތަޖުރިބާ ނެތް އެތައް ބަޔަކަށް ވަޒީފާދޭތީ އެމްޑީޕީ މެމްބަރުން ކަންބޮޑުވޭ: ޝިފާ

ތަޢުލީމާއި ތަޖުރިބާ ނެތްް އެތައް ބަޔަކަށް ވަޒީފާ ދޭތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ތިބީ ކަންބޮޑުވެފައިކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު އަދި އެމްޑީޕީ ޤައުމީ މަޖިލީހުގެ މާލެ ދ...

15 Oct 2021 | 13:05

ތަޢުލީމާއި ތަޖުރިބާ ނެތްް އެތައް ބަޔަކަށް ވަޒީފާ ދޭތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ތިބީ ކަންބޮޑުވެފައިކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު އަދި އެމްޑީޕީ ޤައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިހެން ވިދާޅުވެފައިމިވަނީ އެކަމަނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޝިފާ ވިދާޅުވެފައިވަނީ ތަޢުލީމާއި ތަޖުރިބާ ނެތް އެތައް ބައިވަރު ބަޔަކު ސިޔާސީ މަޤާމުތައް މި ސަރުކާރުގައި ނަގަމުން ދާކަމަށެވެ. އަދި އަމުދުން ކުރީ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން ދިފާޢު ކޮށް ވަކާލާތު ކުރި ފަރާތްތަކަށް މި ސަރުކާރުން މަޤާމުތައްދޭތީވެ އެމްޑީޕީ މެންބަރުން ތިބީ ކަންބޮޑުވެފައި ކަމުގައި ޝިފާ ވިދާޅވެފައިވެއެވެ.

https://twitter.com/SifaMohammed/status/1448891191609552897

އެކަމަނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އެކަމަނާ ނިސްބަތްވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފިކުރާ ތަފާތުވާ ފަރާތްތަކަށް އަދި ފާޅުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށްޓަކައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ވަޒީފާ ދެމުންދާކަން ފާހަގަކޮށް އެ ޕާޓީގެ ބައެއް އާންމު މެންބަރުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އެކި ވުޒާރާ ތަކުގައި ވަޒީފާ އަދާ ކުރި ފަރާތްތަކަށް މި ސަރުކާރުންވެސް ވަޒީފާ ދީފައިވާތީވެ އެމްޑީޕީގެ އާންމު މެންބަރުންނާއި ޒުވާނުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް