ދިވެހި ރާއްޖެ އާއި އަވަށްޓެރި އިންޑިއާގެ ދިއްލީއާ ދެމެދު ސީދާ ދަތުރުތައް ފަށާތީ އެކަން ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ޚާއްސަ ހަރަކާތްތަކެއް ބާއްވަން މޯލްޑިވިއަނުން ނިންމައިފި އެވެ.
އެ އެއަރލައިނުން ބާއްވާ މި ހަރަކާތުގައި ބޮޑުބެރުގެ ހަރަކާތްތަކާއި އިންޑިއާގެ ސަގާފީ ނެށުން ވެސް ކުރިއަށްދާނެ އެވެ. އަދި ސެންޓްރަލް ޕާކަށް ޒިޔާރަތް ކުރާ މީހުންނަށް ފުޑް ސްޓޯލެއް ވެސް ހުންނާނެ ކަމަށް މޯލްޑިވިއަނުން ހާމަކުރެ އެވެ.
މީގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޚާއްސަ ގޭމުތައް އެ ސަރަހައްދުގައި ހުންނާނެ އެވެ. މި ގޭމުތައް ކުޅެގެން އިނާމުތައް ލިބޭނެ އެވެ.
މި އިވެންޓު ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.
މި އިވެންޓަށް ޒިޔާރަތް ކުރާ މީހުން ސޯޝަލް ޑިސްޓެންސް ބެހެއްޓުމަށާއި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް މޯލްޑިވިއަން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް