ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެގްރި ސެންޓަރެއް އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ގައި ހުޅުވައިފި އެވެ.
މިއީ އެ ކުންފުނީގެ އެގްރި ސެންޓަރެއް މާލެއިން ބޭރުގައި ހުޅުވި ފުރަތަމަ ފަހަރެވެ.
މިތަން ހުޅުވައިދެއްވީ ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް އެވެ.
އެސްޓީއޯ އިން ބުނެފައިވަނީ އެ ސަރަހައްދުގައި އެންމެފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކީ ތޮއްޑޫ ކަމަށާއި މި ސެންޓަރު ހުޅުވުމުން އެރަށުގެ ދަނޑުވެރިންނަށް ސީދާ ރަށުގައި ތިބެގެން އެސްޓީއޯގެ އެގްރި ސެންޓަރަށް އެމީހުން ހައްދާ ތަކެތި ވިއްކާލެވޭނެ ކަމަށެވެ.
"ތޮއްޑޫގެ ދަނޑުވެރިން ހައްދާ ބާވަތްތަކުގެ ތެރެއިން އެގްރި ސެންޓަރުން ގަންނަ ހުރިހާ ބާވަތްތަކެއް ގަންނާނަން. އެ ސެންޓަރުގެ މައިގަނޑު މަސައްކަތަކަށް ވާނީ އެސަރަހައްދުގައި ދަނޑުވެރިން ހައްދާ ތަކެތި ތޮއްޑޫ ފެސިލިޓީއަށް ގެންގޮސް އެތަކެތި ރިސޯޓްތަކަށް ސަޕްލައި ކުރުން. އަދި މާލޭގެ މާކެޓަށް އެތަކެތި ފޮނުވުން." އެސްޓީއޯ އިން ބުންޏެވެ.
ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ގަނެ، ދަނޑުވެރިންނަށް ހަމައަގު ހޯދައިދިނުމުގެ ބޭނުމުގައި އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެތެރޭގަ އެވެ. އެ ސެންޓަރުން މިހާރުވަނީ ރާއްޖޭގެ 500 އެއްހައި ދަނޑުވެރިން ރަޖިސްޓްރީކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް