އުތުރުގައި ކުޑަ އަންހެން ކުއްޖަކަށް، އާއިލާ މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެއް

އުތުރުގެ ރަށެއްގައި އެގާރަ އަހަރުގެ ކުޑަ އަންހެންކުއްޖަކަށް އާއިލާ މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެެއް ފެންމަތިވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގައިގެން އުޅޭތާ މިހާރު ފަސް ދު...

15 Oct 2021 | 10:35

އުތުރުގެ ރަށެއްގައި އެގާރަ އަހަރުގެ ކުޑަ އަންހެންކުއްޖަކަށް އާއިލާ މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެެއް ފެންމަތިވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގައިގެން އުޅޭތާ މިހާރު ފަސް ދުވަސް ވެއްޖެ އެވެ. ނަމަވެސް އަދި އެއްވެސް މީހަކު މިމައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޢުލޫމާތު ދެއްވާ ގޮތުގައި ނޯތް ޕޮލިސް ޑިވިޝަން ހިމެނޭ ނ،ރ،ބ އަދި ޅ  ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަޤާމެއްްގައި ހުރި މީހަކު އެގާރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހު ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. އަދި މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް މަޢުލޫމާތު ދެއްވަ އެވެ.

ޖެންޑަރ މިނިސްޓްރީ އިން މަޢުލޫމާތު ދެއްވާ ގޮތުގައި އުތުރުގެ ރަށެއްގައި ތިމާގެ މީހެއްގެ ފަރާތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ލިބުނު މައްސަލައެއް ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އެ މައްސަލަ ބަލާ ކުއްޖާގެ ރައްކަތެރިކަން ކަށަވަރުކުރުުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ގުޅިގެން ކުރަމުންދާކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް