ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮޅުމަޑުލު ކަނޑޫދޫއަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ދުވަސްއެމްވީއަށް ވިދާޅުވީ ރައީސް ސޯލިހު މިހާރު ހުންނެވީ ތ. އަތޮޅުގައި ކަމަށެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެ ރަށުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ކުރިއަށް ގެންދާ ހަރަކާތްތަކެވެ.
މި ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންނަވާ ހަރާކްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ން 6:00 އަށެވެ. އަދި ރޭގަނޑު 8:30 ން 9:30 އަށެވެ.
ކަނޑޫދޫއަކީ ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ފާހަގަ ކުރެވޭ ރަށެކެވެ.
ޚާއްސަކޮށް އެ ރަށް މަޝްހޫރުވެފައިވަނީ ކުޅި ގަދަ މިރުހެއް ހައްދައި ރާއްޖޭގެ ބާޒާރަށް ނެރޭ ދަނޑުވެރިންތަކެއް އުޅޭ ރަށެއްގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް