ފާއިތުވި އަހަރާ އަޅާ ބަލާ އިރު، ފަތުރުވެރިކަމަށް 585.8 އިންސައްތައިގެ ކުރިއެރުމެއް

ފާއިތުވި އަހަރާ އަޅާ ބަލާ އިރު، ރާއްޖޭގެ ފަތުރުވެރިކަމަށް 585.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާ އިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރ...

15 Oct 2021 | 09:30

ފާއިތުވި އަހަރާ އަޅާ ބަލާ އިރު، ރާއްޖޭގެ ފަތުރުވެރިކަމަށް 585.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާ އިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިލިއަނަކާ ގާތްކޮށްފަ އެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް 923،146 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް 52،284 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން އައި ފަތުރުވެރިންގެ ތެރޭގައި އިންޑިޔާ މާކެޓް ހިމެނެ އެވެ. އެގޮތުން 211،062 ފަތުރުވެރިން އެގައުމުން ރާއްޖެއަށް މިހައިތަނަށް އައިސްފައިވާ އިރު، ރަޝިއާ އިން ވަނީ 177،321 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ. އަދި ޖަރުމަނުން 60،463 ފަތުރުވެރިން ވަނީ މިހައިތަނަށް ރާއްޖެ އައިސްފަ އެވެ.

ރާއްޖެއަށް އާމްދަނީ ލިބޭ އެންމެމުހިންމު އަދި އެންމެބޮޑު އެއްދާއިރާއަކީ ފަތުރުވެރިކަން ކަމަށްވާ އިރު، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ދުނިޔޭގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

އޭގެ ތެރޭގައި އަންނަ އަހަރު ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް