100 ކިލޯގެ މަސްތުވާ ތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލައިފި

100 ކިލޯގެ މަސްތުވާ ތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލައިފި އެވެ. ފުލުހުން ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 10 މީހުން ...

15 Oct 2021 | 09:10

100 ކިލޯގެ މަސްތުވާ ތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލައިފި އެވެ.

ފުލުހުން ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 10 މީހުން ނެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

ފުލުހުން ބުނެފައިވަނީ އެއީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖަންސް ޔުނިޓާއި މެރިން ޕޮލިސްއާއި ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަން ގައި ދިހަ މީހުން ހައްޔަރުކޮށްފައިވާ އިރު، ދެ މީހުން ދޫކޮށްލުމުން އެ މައްސަލައިގާ މިހާރުބަންދުގައި ތިބީ 8 މީހުން ނެވެ.

މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. އަދި މިއޮޕަރޭޝަންގައި 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށެވެ.

މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅުރަށާއި މާލެއާއި ހުޅުމާލޭގެ ބައެއް ގެތައް ވެސް ބަލައި ފާސްކޮށްފައިވާ އިރު، މި މައްސަލާގައި ހައްޔަރުކުރި ފަރާތްތަކުގެ ތެރެއިން 4 މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަަމަށް ވެސް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން 3 މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކުގެ ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި ކޯޓުން ބަންދުން ދޫކޮށްލި ދެމީހުންގެ މައްސަލަ އިސްތިއުނާފް ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ތަހްގީގް ކުރަމުންދާކަމަށް ވެސް ފުލުހުން ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް