ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލަށް އިންޑިއާ އިންތިޚާބު ވެއްޖެ

ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލަށް އިންޑިއާ އިންތިޚާބު ވެއްޖެ އެވެ. އެ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް 76 ވަނަ އާންމު މަޖިލިހުގައި ބޭއްވި އިންތިޚާބުގައި އިންޑިއާ އިންތިޚާބުވީ ބޮޑު މެޖ...

15 Oct 2021 | 08:57

ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލަށް އިންޑިއާ އިންތިޚާބު ވެއްޖެ އެވެ.

އެ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް 76 ވަނަ އާންމު މަޖިލިހުގައި ބޭއްވި އިންތިޚާބުގައި އިންޑިއާ އިންތިޚާބުވީ ބޮޑު މެޖޯރިޓީއަކާ އެކުގަ އެވެ.

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލަށް އިންޑިއާ އިންތިޚާބު ކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ކުރިޔަށް އޮތް 3 އަހަރުގެ ދައުރަށެވެ.

ޔޫއެންގައި ހުންނަވާ އިންޑިއާގެ އެންވޯއި ވިދާޅުވީ އިންޑިއާގައި އޮތް ޑިމޮކްރަސީގެ ހަރުދަނާކަމާއި އިންޑިއާގެ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އިންސާނީ ހައްގުތަކުގެ ވަރުގަދަކަން މި ނަތީޖާއިން ހާމަވެގެން ގޮސްފައިވާ ކަަމށެވެ. އަދި މިކަންކަން ދުނިޔެ ބަލައިގެންފަ އޮތް މިންވަރު ވެސް ހާމަވެއްޖެ ކަމަށެވެ.

ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮޑިއަކަށް އެ ގައުމު އިންތިޚާބުވީ 2022 އިން 2024ގެ ނިޔަލަށެވެ. މިއީ އިންޑިއާ މި ކައުންސިލަށް އިންތިޚާބު ވެގެންދިޔަ 6 ވަނަ ފަހަރެވެ.

މި ކައުންސިލަށް ގައުމުތަށް އިންތިޚާބު ކުރުމަށް އާންމު މަޖިލިހުގައި ބޭއްވުނު އިންތިޚާބުގައި 18 ގައުމެއް ވަނީ ހިއުމަންރައިޓްސް ކައުންސިލަށް އިންތިޚާބު ކޮށްފަ އެވެ.

މީގެތެރޭގައި، ކެމަރޫން، އެރިޓްރިއާ، ސޯމާލިއާ، ޤަތަރު، ޔޫއޭއީ، ލިތުއޭނިއާ، މޮންޓެނީގުރޯ، އާރޖެންޓީނާ، ހޮންޑިއުރާސް، ޕެރަގުއޭ، ފިންލޭންޑް، ލަގްސެމްބާރގް، އެމެރިކާ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް