އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށެވެ. އަދި ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ކިޔަމަންގަތުމަކީ ސުވަރުގެ ދެވެންއޮތް މަގުކަމަށެވެ.
އެހެންކަމުން އެކަލޭގެފާނުދެކެ ލޯބިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
"މާތްވެގެންވާ އިސްލާމް ދީނާއިގެން ވަޑައިގެންނެވި މާތް ސާހިބާ، މުޙައްމަދު صلى الله عليه وسلم އަކީ ތަޤްވާވެރިންގެ އިމާމެއް. އެންމެހާ އާދަމުގެ ދަރިންގެ މައްޗަށް މާތްކުރައްވައި، ޚާލިޤުވަންތަ މާތް ﷲ ގެ ޙަޟްރަތުން ހޮއްވަވައި، ޚިޔާރުކުރައްވާފައިވާ ރަސޫލަ. ނަބީކަން ޚަތިމު ކުރެއްވި މާތް ސާހިބާ. އެއީ ޤިޔާމަތް ދުވަހުން ޙަމްދުލިބިގެންވާ މަތިވެރި މަޤާމުގެ ވެރި އަދި ޙައުޟޭ ކިޔުނު ފެންއާރުގެ ސާހިބާ. މަޙްޝަރުގެ މައިދާނަށް ޚަލްޤުތަކުން ފޮނުއްވި، މީސްތަކުން އަލުން ދިރުއްވޭ ދުވަހު އެބޭކަލަކަށްޓަކައި އެންމެ ފުރަތަމަ ބިންގަޑު ފެޅިގެންދާނީ އެކަލޭގެފާނަށް." ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި އިތުރަށް ބުނީ އެބޭކަލަކަށްޓަކައި ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވި އެންމެ ފުރަތަމަ ސުވަރުގެއަށް ވަދެވަޑައިގަންނަވާނީ ވެސް އެކަލޭގެފާނުކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް