މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިހާބުގައި ރ. އިނގުރައިދޫ ދާއިރާގެ ވޯޓުލުން އަލުން ބާއްވަން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ އެމްޑީޕީ އިން އިއްޔެ ނެރުނު ބަޔާނެެއްގަ އެވެ.
އެގޮތަށް ނިންމީ އިނގުރައިދޫ ދާއިރާގެ ވޯޓާއި ގުޅޭ ޝަކުވާތައް، ޝަކުވާ ހުށަހަޅާ ކޮމިޓީން ބެލުމަށްފަހު ދީފައިވާ ލަފާއަށް އިންތިޚާބާ ބެހޭ ކޮމެޓީން ރިއާޔަތް ކުރުމަށްފަހު ކަމަށް ވަނީ ބުނެފަ އެވެ.
އިނގުރައިދޫ ދާއިރާގެ ވޯޓުލުން އޮންނާނީ 23 އޮކްޓޯބަރު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 05:00 އަށެވެ. އަދި މި ވޯޓުލުން އޮންނާނީ، އިނގުރައިދޫ ދާއިރާގެ އިނގުރައިދޫ، އިންނަމާދޫ، ކިނޮޅަސް އަދި ރަސްމާދޫ ސުކޫލުގައި ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީން އިތުރަށް ހާމަކޮށްފައިވާ ގޮތުން ކޮވިޑްގެ ހާލަތާއި ގުޅިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހު ވޯޓްލުން ފަސްކުރެވުނު ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގައި ވެސް މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 05:00 އަށް އެރަށު ސުކޫލުގައި ވޯޓުލުން ކުރިޔަށް ދާނެއެވެ.
އިނގުރައިދޫ ދާއިރާ އަދި ގުރައިދޫ ދާއިރާގެ ދިޔަމިގިލީގެ ވޯޓުލުން މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ މައި ހަރުގޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް