އިނގިރޭސި ޕްރިމިއާ ލީގުގެ މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ މިހާތަނަށް ދިޔައިރު، އެންމެ ތަފާތު ކުޅުމެއް ދައްކަމުން އަންނަނީ ނިމިގެން ދިޔަ ސީޒަނުގައި އިޓަލީގެ ޔުވެންޓަސްއިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެގޮތުން ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވެ މިހާތަނަށް ކުޅުނު ހަ މެޗުގައއި ފަސް ގޯލު ވަނީ ޖަހާފައެވެ. އެއީ ޕްރިމިއާ ލީގައި ކުޅުނު ހަތަރު މެޗުން ތިން ގޯލާއި ޗެމްޕިއަންސް ލީގުގައި ކުޅުނު ދެމެޗުން ދެ ގޯލެވެ.
ޔުނައިޓެޑުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮނާލްޑޯ ވަނީ ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމުވެސް ހޯދާފައެވެ.
މީގެ އިތުރުން މިފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ފޯވާޑް ކުޅުންތެރިންގެ ލިސްޓެއް އެކުލަވާލާ އޭގެ ތެރެއިން އެންމެ މޮޅު 10 ފޯވާޑުން ހޮވިއިރު، އެ 10 ފޯވާޑުންގެ ތެރޭގައި ހިމެނި ލިސްޓުގައި ތިން ވަނައަށް ރޮނާލްޑޯ އަށް ވަނީ ލިބިފައެވެ.
ރޮނާލްޑޯއަށް މި ލިސްޓުގެ ތިންވަނަ ލިބުނު އިރު މި ލިސްޓުގެ ދެވަނަ ލިބުނީ ވެސްޓް ހަމައަށް ކުޅެމުން އަންނަ މިކެއިލް އެންޓޯނިއޯށެވެ. މި ލިސްޓުގެ އެއްވަނަ ލިބުނީީ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާއަށެވެ. ސަލާހު ވަނީ މިފަހަރުގެ ސީޒަނުގައި މިހާތަނަށް ލިވަޕޫލްކުޅުނު ހަތް މެޗުގައި ހަ ގޯލް ޖަހާ ތިން އެސިސްޓް ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް