އެމެރިކާގެ ކުރީގެ ރައީސް ބިލް ކުލިންޓަން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި

އެމެރިކާގެ ކުރީގެ ރައީސް ބިލް ކުލިންޓަން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ. އެ ގައުމުގެ މީޑިއާއިން ބުނެފައިވަނީ ފަރުވާދެމުން ގެންދަނީ ކުޑަކަމުދާ ނިޒާމުގައި އުފެދުނު އިންފެކްޝަނެއް...

15 Oct 2021 | 07:13

އެމެރިކާގެ ކުރީގެ ރައީސް ބިލް ކުލިންޓަން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

އެ ގައުމުގެ މީޑިއާއިން ބުނެފައިވަނީ ފަރުވާދެމުން ގެންދަނީ ކުޑަކަމުދާ ނިޒާމުގައި އުފެދުނު އިންފެކްޝަނެއް ލޭގެ ތެރެއަށް ފެތުރިގެން ގޮސްފައިވާތީ ކަމަށެވެ. އަދި މިއީ ކޮވިޑް-19 އާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ވެސް ބުނެފައިި ވެއެވެ.

ކްލިންޓަން އެޑްމިޓް ކޮށްފައިވަނީ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ އަޔަރވިން މެޑިކަލް ސެންޓަރގެ އައިސީޔޫގަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެންޓިބައޮޓިކްސް ދިނުމަށް ފަހު، އައިސީޔޫގައި ބާއްވާފައިވަނީ އެމަނިކުފާނުގެ ހާލުކޮޅު ގާތުން ބެލުމަށެވެ.

"އައިސީޔޫގައި އެޑްމިޓް ކޮށްފައިވަނީ ޕްރައިވެސީއާއި ރައްކާތެރިކަމުގެ ގޮތުން. އިންޓެންސިވް ކެއަރ ބޭނުންވާތީއެއް ނޫން." ޑޮކްޓަރުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެފައި ވެއެވެ.

ރައީސް ކްލިންޓަން ހޮސްޕިޓަލަށް ގެންދިޔައީ އަމިއްލަ ފައުންޑޭޝަންގެ އިވެންޓެއްގައި ހުންނަވަނިކޮށް، ބޮލަށް އެނބުރުން އަރައިގެން ނެވެ.

ޢުމުރުފުޅުން 75 އަހަރުގެ ބިލް ކުލިންޓަންވަނީ 2004 ވަނަ އަހަރު ބައިޕާސް ހައްދަވާފަ އެވެ. އަދި 2010 ވަނަ އަހަރު ހަށިގަޑު ލޭނާރެއް (އާރޓެރީއެއް) ހުޅުވާފަ ބެހެއްޓުމަށް ވަނީ ދެ ސްޓެންޓެއް ވެސް ލައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް