ފޭސްބުކާއި އިންސްޓަގްރާމް މަޝްހޫރު މީހުންނަށް ޖިންސީ ފުރައްސާރަކުރުމާއި ދެކޮޅަށް ތެދުވަނީ

ސޯޝަލް މީޑިއާ ނެޓްވޯކް ފޭސްބުކާއި އިންސްޓަގްރާމްގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މަޝްހޫރު މީހުންނަށް ޖިންސީ ފުރައްސާރަކޮށް ބުލީ ކޮށް ހިމަނާފައިހުންނަ ކޮންޓެންޓުތަކާއި ދެކޮޅަށް މަސައްކަތް ކުރަން ނ...

15 Oct 2021 | 05:57

ސޯޝަލް މީޑިއާ ނެޓްވޯކް ފޭސްބުކާއި އިންސްޓަގްރާމްގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މަޝްހޫރު މީހުންނަށް ޖިންސީ ފުރައްސާރަކޮށް ބުލީ ކޮށް ހިމަނާފައިހުންނަ ކޮންޓެންޓުތަކާއި ދެކޮޅަށް މަސައްކަތް ކުރަން ނިންމައިފިއެވެ.

މިކަން އިއުލާނުކޮށް ފޭސްބުކުން ބުނެފައިވަނީ މަޝްހޫރު މީހުންގެ ގޮތުގައި ބަލާނީ ސިޔާސީ މީހުންނާއި، ސެލެބިރިޓީންނާއި ކޮންޓެންޓް ކްރިއޭޓަރުންފަދަ ގިނަ ބަޔަކު ދަންނަ މީސްމީހުން ކަމަށެވެ.

އެފަދަ ފާރްތަތަކަށް ޖިންސީ ފުރައްސާރަ ކުރިމަތިވާނެފަދަ ގޮތަށް ފޮޓޯޝޮޕްކޮށް ހަދާފައިވާ ފޮޓޯއާއި، މިފަދަ ފުރައްސާރަ ކުރެވޭ ޕަބްލިކް ގުރޫޕްތަކާއި ޕޭޖުތަކާއި އަދި މިނޫންވެސް މަޝްހޫރު މީހުންނަށް އެއްވެސް ފުރައްސާރަ ކުރެވޭނެ ފަދަ ކޮަންޓެންޓުތައް ފޭސްބުކުގައި ދެން ދައުރު ނުކުރެވޭނެ ކަމަށެވެ.

މީސްމީޑިއާގެ އެންމެ ހިނގާ ޕްލެޓްފޯމްތައް ކަމުގައިވާ މި ޕްލެޓްފޯމްތަކުގައި  ސިޔާސީ މީހުންނާއި ސެލެބްރިޓީންނާއި އަދި މިނޫންވެސް މަޝްހޫރު ފަރާތްތަކަށް ފުރައްސަރަ ކުރުމުގެ ގޮތުން ފޮޓޯޝޮޕްކޮށް އެ ފަރާތްތަކުގެ އަބުރާޢިއްޒަަތަށް އުނިކަން އަންނާނޭފަދަ ކޮންޓެންޓުތައް ދައުރުކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

އެހެންކަމުން ފޭސްބުކާއި އިންސްޓަގްރަމްގެ މިނިންމުމަކީ މި ޤަރުނުގައިވެސް ނިންމޭނޭ އެންމެ މުހިންމު އެއް ނިންމުމަށް ވެގެން ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް