ޓެރަރިޒަމަށް ހަރަދު ކުރުމަށް ކްރިޕްޓޯ ކަރަންސީ ބޭނުން ކުރާކަމަށް އިމްރާން ވިދާޅުވެއްޖެ

އޮންލައިން ކްރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން އެކި އެކި ޓެރަރިސްޓު ހަރަކާތްތަކަށް ޚަރަދުުކުރާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވެފައިވަނީ ގަތަރުގެ ދޯހާގައި ...

15 Oct 2021 | 05:45

އޮންލައިން ކްރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން އެކި އެކި ޓެރަރިސްޓު ހަރަކާތްތަކަށް ޚަރަދުުކުރާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ ގަތަރުގެ ދޯހާގައި މިމަހުގެ ބާރައިން 14 އަށް ކުރިއަށްދިޔަ ބައިނަލްއަގްވާމީ ސަލާމަތާއިގުޅޭ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިމްރާން މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ރާއްޖޭގެ ދެރިސޯޓުކަމުގައިވާ އެސްހޮޓެލްސް އިން ކްރޮސްރޯޑްސްގައި ހިންގާ ހާޑްރޮކް މޯލްޑިވްސް އާއި ސާއީ ލެގޫން އިން ރާއްޖޭަގައި ފުރަތަމަ ފަހަރަށް ކޮރިޕްޓޯ ކަރަންސީ ބަލައިގަންނަން ފަށާފައިވާކަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިމްރާންގެ ވާހަކައިގަ ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑް-19 ގެ ޕެންޑަމިކްގައި ދުނިޔޭގެ އެކި ހިސާބުތައް ހުއްޓިފައި އޮތުމުގެ ސަބަބުން ޓެރަރިސްޓުންވެސް މިވަނީ އެމީހުންގެ ހަރަކާތްތައް ކުރިޔަށް ގެންދާ ގޮތް ބަދަލުކޮށް ޑިޖިޓަލައިޒް ކޮށްފައެވެ. އަދި އެފަދަ ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމަށް އޮންލައިން ޕްރޮފެގެންޑާތައް ހިންގާކަން ފާހަަގަކޮށް، މި އޮންލައިން ޕްރޮފެގެންޑާތަކަށް ޚަރަދުކުރުމުގައި އޮންލައިން ކްރިޕްޓޯ ކަރަންސީ ބޭނުންކުރާކަން ފާހަގަ ކޮށްފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާނު ކޮށްފައިވާގޮތުން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ރާއްޖޭގައި ކްރިޕްޓޯ ކަރަންސީގެ އެއްވެސް މުއާމަލާތެއް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެކެވެ.

މި ދެރިސޯޓަށް ކްރިޕްޓޯކަރަންސީ ބަލައިގަންނަ ކަން އިއުލާނު ކުރުމާއެކު ނިމިދިޔަ ހަފްތާގައިވެސް އެމްއެމްއޭއިން ވަނީ ކްރިޕްޓޯ ކަރަންސީގެ މުއާމަލާތް ރާއްޖޭގައި ކުރުމަކީ މަނާ ކަމެއްކަން ހާމަ ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް