ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރު އާއިލާ އާއި އެކު ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.
ޝާހިދާއި އެކު އައިސްފަވަނީ އަންހެން މީރާ ރާޖްޕުޓް ކަޕޫރާއި ދެ ދަރިން ކަމަށްވާ މިޝާ ކަޕޫރާއި ޒައިން ކަޕޫރެވެ. އާއިލާ ޗުއްޓީ ހޭދަ ކުރަމުންދާ ރިސޯޓެއް އަދި ނޭނގޭ އެވެ.
އިއްޔެ ރާއްޖެ އައި ފަހުން ޝާހިދާއި މީރާވެސް ވަނީ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ރާއްޖޭގެ ޗުއްޓީގެ މަންޒަރުތަކެއް ހިއްސާކޮށްފަ އެވެ. ޝާހިދު ޕޯސްޓު ކޮށްފައިވަނީ މޫދަށް ނުވަތަ ސުވިމިން ޕޫލަށް އެރިގެން އަވީގައި ގިނަ އިރު އުޅުމުން ހަމުގެ ކުލަ ވަރަށް ބޮޑަށް ބަދަލުވެފައިވާ ފޮޓޯއެކެވެ.
އެ ފޮޓޯއަށް އެއްވެސް ކެޕްޝަން އެއް ދީފައެއްނުވެ އެވެ. އެކަމަކު ޝާހިދުގެ ފޭނުން ދަނީ އެ ފޮޓޯ ފެނި އުތުރި އަރަމުންނެވެ. އެގޮތުން ކުލަ ބަދަލުވެލާފައި ހުރުމުން ވަރަށް ރީތިކަމަށް އެއްބަޔަކު ބުނެފައިވާއިރު އަނެއް ބަޔަކު ވަނީ ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށް ބުނެ ކޮމެންޓުތައް ކޮށްފަ އެވެ.
https://www.instagram.com/p/CVAArOuLe1O/
މީރާ ވަނީ ސްޓޯރީ އަޕްޑޭޓް ކުރުމުގެ އިތުރުން އޭނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ. މީރާގެ ސްޓޯރީއަށް ލާފައިވާ ފޮޓޯގައި ހުރީ ބިކިނީ ލައިގެން ބިއްލޫރި ދޮރެއްގެ ފަހަތުގައި އެވެ. އަދި ބުނެފައިވަނީ "ސަންކިސްޑް" އެހެންނެވެ.
މީރާ ކޮށްފައިވާ ޕޯސްޓުގައި ހުރީ ބިކިނީއެއް ލައިގެންނެވެ. ރީނދުލާއި ނޫ ހިމެނޭ އެ ބިކިނީ އާއި އެކު ގުޅޭ ކަންފަތުލާ މުދިވެސް ލާފައިވެ އެވެ.
މީރާ އެ ފޮޓޯ އާއި އެކުވެސް ވަނީ އަވީގައި ޖެހުމުން ހަމުގެ ކުލައަށް އައިސްފައިވާ ބަދަލާއި ގުޅޭ ކެޕްޝަނެއް ލިޔެފަ އެވެ.
https://www.instagram.com/p/CU-VLJMpo0z/
ޝަހިދުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ދެން އެންމެ އަވަހަށް ރިލީޒްކުރާނީ ފިލްމު "ޖާޒީ" އެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 31 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް