މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެލާޓުތައް ނެރެފި އެވެ.
މެޓްއޮފީހުން ބުނީ ހުރިހާ ހިސާބެއްގެ ކަނޑާއި ވައި ގަދަވާނެ ކަމަށެވެ. ވިލާގަނޑުގައި45 މޭލަށް މުޅި ރާއްޖެއަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މެޓް އޮފީހުން ނެރެފައިވަނީ ރީނދޫ އެލާޓެވެ. އެ އިދާރާއިން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް އާންމުގޮތެއްގައި ގަނޑިއަކު25 މޭލާއި30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
ލ. އަތޮޅުން އައްޑޫ ސިޓީއަށް ނެރެފައިވަނީ ވައިޓު އެލާޓެވެ. އެ އެ ސަރަހައްދަށް އާންމުކޮށް ވައި ޖެހޭނެ ކަމަށްލަފާ ކުރަނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ.
ރާއްޖެ ސަރަހައްދުގެ ވަޔާއި ކަނޑު ގަދަވެފައި ވަނީ ލޯ ޕްރެޝަރު ޓްރަފެއް އުފެދިފައިވާ ތީ ކަމަށް ބުނެ މެޓް އޮފީހުން ވަނީ މިމަހުގެ11 ވަނަ ދުވަހު ސަމާލުވާން އިލްތިމާސްކޮށްފަ އެވެ. އަދި މާދަމާގެ ނިޔަލަށް ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެއެވެ.
މޫސުން ގޯސްވެ ކަނޑާއި ވައި ގަދަވާނެތީ އެމްއެންޑީއެފުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް