މަހުމޫދުގެ ހަށިގަނޑު މާލެއަށް ގެނެސްފި، އަނބުރާ ދަނގެއްޗަށް ގެންދާނެ

ރަހުމު ކުޑަގޮތަކަށް މަރާލައި ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި އޮއްވަ ފެނުނު އދ. ދަނގެތި މޮނަލާޒް އުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު މާލެ ގެނެސްފި އެވެ. އޭނާ މަރާލާ...

15 Oct 2021 | 03:16

ރަހުމު ކުޑަގޮތަކަށް މަރާލައި ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި އޮއްވަ ފެނުނު އދ. ދަނގެތި މޮނަލާޒް އުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

އޭނާ މަރާލާފައި އޮއްވަ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ މެންދުރު 2:30 ހާއިރު އެވެ. ފެނުނު އިރު ފެން ވަޅަށް ވައްޓާލާފައި އޮތީ ގޯންޏަކަށްލައި ބޯކޮޅު ވަތަށެވެ.

އޭނާގެ ހަށިގަނޑު މާލެ ގެންނަ ސަބަބާއި ގުޅޭގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ހާމައެއް ނުކުރެ އެވެ. އެކަމަކު އެ ރަށުން މައުލޫމާތުލިބިފައިވާ ގޮތުގައި މަހުމޫދުގެ ހަށިގަނޑު މާލެ ގެންނަނީ ޓެސްޓުތަކެއް ހެދުމަށެވެ.

އަދި މިއަދުގެ ވަގުތެއްގައި އަނބުރާ ދަންގެއްޗަށް އޭނާގެ ހަނޑިގަނޑު ގެންދާނެ ކަމަށް އާއިލާއަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ. މީގެ އިތުރުން ވަޅުލުމަށް ހަމަޖެހިފައިވަނީ އެ ރަށުގައި ކަމަށް މައުލޫމާތުދެ އެވެ.

މި މައްސަލައިގަ ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު އެ ރަށު މީހުން ތުހުމަތު ކުރާ ތިން މީހަކު ވަނީ ދަނގެތީ ޕޮލިސް ސްޓޭޝަނާއި ހަވާލުކޮށްފަ އެވެ.

މަހުމޫދަކީ އެ ރަށުގައި ކާޑުގެ ވިޔަފާރި އާއި ހޮޓަލެއް ހިންގާ ވިޔަފާރިވެރި އެކެވެ. އެ ރަށު މީހުން ތުހުމަތު ކުރާގޮތުގައި މަހުމޫދު މަރާލީ ފައިސާގެ މައްސަލައެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް