ހިބަޅިދޫ މައްސަލާގައި ފަނޑިޔާރުން ރިޝްވަތަށް އެދުނު: އަލީ ވަހީދު

ބ. ހިބަޅިދޫ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ފަނޑިޔާރުން ރިޝްވަތު ހުށަހެޅިކަން ހާމަވެއްޖެއެވެ. ހިބަޅިދޫއަކީ ލެޓްސް ގޯ މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑަށް 2011ވަނަ އަހަރު ދިން ރަށެކެވެ. އަދި ރަށް ފަހުން ...

15 Oct 2019 | 14:01

ބ. ހިބަޅިދޫ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ފަނޑިޔާރުން ރިޝްވަތު ހުށަހެޅިކަން ހާމަވެއްޖެއެވެ.

ހިބަޅިދޫއަކީ ލެޓްސް ގޯ މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑަށް 2011ވަނަ އަހަރު ދިން ރަށެކެވެ. އަދި ރަށް ފަހުން ވަނީ ބިޒްނަސް މޯލްޑިވްސް ކުންފުނީގެ ނަމަށް ރަޖިސްޓްރީ ކޮށްފައެވެ. އެރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ހުއްދަ ދީފައިވަނީ 2014ވަނަ އަހަރުއެވެ. ނަމަވެސް އެރަށުން 2015ވަނަ އަހަރު ހަތިޔާރުތަކެއް ފެނި ސަރުކާރުން އެރަށަށް ދިން ހުއްދަ ބާތިލްކުރިއެވެ.

އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ބިޒްނަސް މޯލްޑިވްސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ވަނީ އެގޮތަށް ނިންމާފަ އެވެ. ނަމަވެސް ސިވިލް ކޯޓުގެ ނިންމުން ދައުލަތުން ވަނީ މަތީ ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ.

ހިބަޅިދޫ މައްސަލާގައި ފަނޑިޔާރުން އަމަލު ކުރެއްވި ގޮތާއި ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ވަކި މިންވަރެއް ދެއްކުމުން މައްސަލަ ހުށަހެޅި ކުންފުންޏާއި އެއްކޮޅަށް މައްސަލަ ނިންމާނެ ކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށެވެ. އެވާހަކަތައް މިނިސްޓަރާއި ހިއްސާ ކުރެއްވީ ބިޒްނަސް މޯލްޑިވްސް އަދި ގޯ މޯލްޑިވްސްގެ ވެރިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެފައިސާ ނުދީފި ކަމަށްވާނަމަ ވިޔަފާރިވެރިޔާ މާޔޫސް ކޮށްލާނެ ފަދަ ބީދައިން ވާހަކަދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ މިފަދަ ކަންކަން ހުއްޓުވުމަށް ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކޮށް އިސްލާހު ކޮށްދެއްވުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް