އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދު ފެރީ ދަތުރުތައް ފަށަން އުޅޭތީ މޯލްޑިވްސް އިމިގްރޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިމިގްރޭޝަނުން ވިދާޅުވީ ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަނޑުމަގުން އެތެރެވާ މީހުންގެ މައުލޫމާތު ސިސްޓަމެއްގައި ރައްކާކުރެވިފައި ނެތުމާއި އެ މައުލޫމާތު ދިމާނުވުން ކަމަށެވެ.
އެގޮތުން 2013 ވަނަ އަހަރު ސިސްޓަމެއް ގާއިމްކޮށްފައިވާއިރު ހަތް އަހަރުވިއިރު ވެސް އެ ސިސްޓަމުން ކަނޑުމަގުން މީހުން އެތެރެވުމުގައި މޮޑިއުލެއް ހެދިފައި ނުވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އެހެންކަމުން ކަނޑުމަގުން އެތެރެވާ އެއްވެސް ފަރާތެއްގެ މައުލޫމާތެއް ނުހުންނާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މީގެއިތުރުން އިމިގްރޭޝަނުން ވިދާޅުވީ އެންމެ ކަންބޮޑުވަނީ ރާއްޖެއާއި ކޮޗިންއާއި ދެމެދު ދަތުރުތައް ފަށަން އުޅޭތީ ކަމަށެވެ.
ދަތުރުތައް ފެށުމާއި އެކު "ވޮލިއުމް" އިތުރުވެ، އެ މައުލޫމާތު ސިސްޓަމަށް ނޭޅޭ ނަމަ ވަރަށް ބޮޑު މައްސަލަތަކާއި ކުރިމަތިވާނެ ކަމަސް ވެސް އިމިގްރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް