ނުފޫޒު ފޯރުވާނަމަ ރިޕޯޓު ކުރާނަން: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނުފޫޒު ނުފޯރުވާނަމަ ރިޕޯޓު ކުރަންޖެހޭ އިދާރާތަކަށް ރިޕޯޓު ކުރާނެ ކަމަށް ކަމަށް އެ ކޮމިޝަންގެ އާ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ. މަގާމާއި ހަވާލުވެވަޑައި...

15 Oct 2019 | 09:20

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނުފޫޒު ނުފޯރުވާނަމަ ރިޕޯޓު ކުރަންޖެހޭ އިދާރާތަކަށް ރިޕޯޓު ކުރާނެ ކަމަށް ކަމަށް އެ ކޮމިޝަންގެ އާ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޝިއުނާ ވިދާޅުވީ ނުފޫޒެއް ފޯރުވާ ކަމަށްވާ ނަމަ އެކަން ވަގުތުން ހާމަ ކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި އަދިވެސް މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ސަގާފަތް އެބައޮތްކަން ފާހަގަކުރައްވާ ޝިއުނާ ވިދާޅުވީ އެ ނުފޫޒުގައި އޭސީސީގެ މެންބަރުން ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ވަކިން ހާއްސަކޮށް އެކަމަނާ އެ ނުފޫޒުގައި ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭސީސީގެ ފަސް މެންބަރުންނަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް އެއްވެސް ޖެހިލުމެއް ނުވާނެ ކަމަށެވެ.

ޝިއުނާ މިފަދައިން ވިދާޅުވެފައި މިވަނީ އޭސީސީއަށް މިދިޔަ ސަރުކާރުގެ ސިޔާސީ ވެރިންތައް، ސިޔާސީ ނުފޫޒު ފޯރުވާ އެ ކޮމިޝަނުގެ މަސައްކަތްތަކަށް ވެސް ނުފޫޒު ފޯރުވާ ކަމަށް މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކާއި އާއްމު ރައްޔިތުން ބުނެފައި ވަނިކޮށެވެ. ހާއްސަކޮށް އެ ކޮމިޝަނުގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް ބައެއް ފަރާތްތަކުން އަންނަނީ ކޮރަޕްޝަންގެ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް