އެމިރޭޓްސްގެ ފަރާތުން ރާއްޖެ އިން މެކްސިކޯ އަށް ދާން ހާއްސަ ފެއާއެއް

އެމިރޭޓްސް އެއާލައިންގެ ފަރާތުން ރާއްޖެ އިން މެކްސިކޯ އަށް ދާން ހާއްސަ ފެއާއެއް ތައާރަފްކޮށްފިއެވެ. މިއަދުން ފެށިގެން ނިވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ވަނީ މި ފެއާގެ ދަށުން ޓިކެޓް ބުކް ކ...

15 Oct 2019 | 09:04

އެމިރޭޓްސް އެއާލައިންގެ ފަރާތުން ރާއްޖެ އިން މެކްސިކޯ އަށް ދާން ހާއްސަ ފެއާއެއް ތައާރަފްކޮށްފިއެވެ.

މިއަދުން ފެށިގެން ނިވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ވަނީ މި ފެއާގެ ދަށުން ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ފެއާގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަށެއް ޑިސެމްބަރުން ފެށިގެން އަންނަ އަހަރުގެ 31 އޮގަސްޓްގެ ނިޔަލަށެވެ.

އެގޮތުން މި ފެއާގެ ދަށުން އިކޮނޮމީ ކްލާހުގެ ރިޓާން ޓިކެޓް ލިބޭނީ 37594 ރުފިޔާ ނުވަތަ 2438 ޑޮލަރަށެވެ. ހަމައެހެންމެ ބިޒްނަށް ކްލާހުން ދަތުރު ކުރުމަށް ޓިކެޓް ލިބޭނީ 81325 ރުފިޔާ ނުވަތަ 5274 ޑޮލަރަށެވެ.

އެމިރޭޓްސް ނުވަތަ ފްލައި ދުބާއީން ދަތުރުކުރާ ކޮންމެ ފަހަރަކު އެ އާލައިނުންދޭ "ކޭޝް ޕްލަސް މައިލްސް" ޕޮއިންޓްސް، މި ފެއާގައި ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕޮއިންޓްތަކުން އެމިރޭޓްސްގެ ޓިކެޓުތަކަށް ފައިސާ ދެއްކޭނެއެވެ.

މީގެއިތުރުން މި ފެއާއާ ގުޅިގެން އެމިރޭޓްސް އިން ވަނީ ޑިސެންބަރު އަށްވަނަ ދުވަހުގެ ކުރިން ދަތުރުކުރާ ފަރާތްތަކަށް ދެ ގުނަ މައިލް ދިނުމަށް ހަމަޖައްސާފައެވެ.

އެމިރޭޓްސް އެއާލައިން އިން ވަނީ 32 އަހަރު ރާއްޖެ އިން އެހެން ގައުމުތަކަށް ގިނަ ދަތުރުތަކެއް ކުރައްވާފައެވެ. އެމިރޭޓްސް އެއާލައިން އިން ކޮށްމެދުވަހަކު މާލެ އިން ދުބާއީ އަށް ތިން ފްލައިޓް ބާވައެވެ. އަދި ކޮލޮމްބޯ އަށް އެމިރޭޓްސް ގެ ފްލައިޓް ކޮންމެ ދުވަހަކު އޮވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް