އައްޑޫ ސިޓީއަށް ކެނޑިނޭޅި ކުރަމުންދާ ވިއްސާރައިގައި އެރަށުގެ ބައެއް ގެތަކަށް އަދިވެސް ފެން ވަންނަމުން ދާތީ އެމްއެންޑީއެފުން އެހީވަމުން އެބަދެއެވެ.
އައްޑޫ ސިޓީ ހިތަދޫ އަދި މަރަދޫ ފޭދޫގެ ބައެއް ގެތަކަށް ފެންވަންނަމުން ދާތީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. މިހާރު އެސިޓީގައި ވެލި ބަސްތާ ޖަހަމުން ދަނީ ބީޗު ސަރަހައްދުން ވެލި ނަގައިގެންނެވެ.
އައްޑޫގައި ފެންބޮޑުވުމުގެ ސަބަބުންޕަޕްޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ. މީގެ އިތުރުން ފާއިތުވެދިޔަ ދެތިން ދުވަހު އެއަތޮޅުގެ ގިނަ ގެޔަކަށް ވިއްސާރައިގެ ސަބަބުން ވަނީ ފެންބޮޑުވެފައެވެ. އެހުރިހާ ގެއަކަށް އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ގެތަކުން ކަރަންޓު ކެނޑިފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް