ރަޙުމަތްތެރިކަމުގެ ދަތުރެއްގައި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރު މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މިމަހު 15 ން 18 އަށް ރާއްޖެ ޒިޔާރަތްކުރަމުންދާ ޖަޕާން އަސްކަރިއްޔާގެ ދެ މަނަވަރަކީ "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އާއި "ޖޭއެމްއެސްޑީއެފް ބުންގޯ" އެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ޖަޕާން އަސްކަރިއްޔާގެ ދެ މަނަވަރު ރާއްޖެއަށް މިކުރާ ޒިޔާރަތުގައި ކޯސްޓްގާޑާ ގުޅިގެން ކަނޑުމަތީގެ ތަމްރީން ތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަސްކަރީ މަނަވަރުތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ ޑްރިލް ތަކާއި ފަޔަރ ފައިޓިންގގެ އިތުރުން ޑެމޭޖް ކޮންޓްރޯލް އާއި ނޭވަލް ޑްރިލްސް ހިމެނޭނެކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.
މިއަދު ހެނދުނު ރާއްޖެ ޒިޔާރަތްކުރި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރުގެ ތެރެއިން "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އަކީ ނޭވީ ޑިސްޓްރޯޔަރ ކްލާސްގެ މަނަވަރެކެވެ. އަދި "ޖޭއެމްއެސްޑީއެފް ބުންގޯ" އަކީ މައިން ކްލިއަރިންގ އަށް ބޭނުންކުރާ މަނަވަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް