ޕްރިންޓެކް އާއި ކޮޕިއަރ ޕްލަސް ގުޅިގެން ތިނަދޫގެ ބައެއް އޮފީސްތަކަށް ޕްރިންޓަރު ހަދިޔާކޮށްފި

ޕްރިންޓެކް އާއި ކޮޕިއަރ ޕްލަސްގެ ފަރާތުން ގދ. ތިނަދޫގެ ސަރުކާރު ބައެއް މުއައްސަސާތަކަށް ހިލޭ ޕްރިންޓަރު ހަދިޔާކޮށްފިއެވެ. މި ޕްރިންޓަރުތައް ހަވާލުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ސީއެސްއާރު އ...

15 Oct 2019 | 05:48

ޕްރިންޓެކް އާއި ކޮޕިއަރ ޕްލަސްގެ ފަރާތުން ގދ. ތިނަދޫގެ ސަރުކާރު ބައެއް މުއައްސަސާތަކަށް ހިލޭ ޕްރިންޓަރު ހަދިޔާކޮށްފިއެވެ.

މި ޕްރިންޓަރުތައް ހަވާލުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ސީއެސްއާރު އިވެންޓެއްގައެވެ. ޕްރިންޓެކްގެ ފަރާތުން ތިނަދޫގެ ޑރ. އަބްދުއްޞަމަދު ހޮސްޕިޓަލަށާއި، ގދ. އަތޮޅު ކައުންސިލް އިދާރާ އަށާއި، ތިނަދޫ ކައުންސިލާއި، ގދ. އެޓޯލް އެޑިއުކޭޝަން ސެންޓަރާއި، އަބޫބަކުރު ސުކޫލް އަދި ތިނަދޫ ސުކޫލަށް ވަނީ ޕްރިންޓަރު ހަދިޔާކޮށްފައެވެ.

ތިނަދޫގެ އެކި މުވައްސަސާތަކުގެ ވެރިން ބައިވެރިވި މި ހާއްސަ އިވެންޓް ޝަރަފްވެރިކޮށްދެއްވީ ތިނަދޫގެ އިސްލާމިކް ބޭންކް ބްރާންޗްގެ މެނޭޖަރު، އަބްދުލްއަޒީޒް ރިފާއު އެވެ.

ތިނަދޫޕްރިންޓެކް އަކީ މީގެ ދެއަހަރު ކުރިން ރަށުގެ ދެ ޒުވާނުން ފެއްޓި ކުޑަ ވިޔަފާރި އެކެވެ. ނަމަވެސް މިހާރު ވިޔަފާރި ފުޅާވެ، ޕްރިންޓެކް އަކީ މުޅި އަތޮޅުގައި ވެސް ނަން ފަވާލެވިފައިވާ ވިޔަފާރިއެކެވެ. ޕްރިންޓެކް އިން ދޭ ޚިދުމަތްތަކުގެ ތެރޭގައި، ފޮޓޯކޮޕީ ނެގުން، ޕްރިންޓް ކުރުން، ގްރެފިކް ޑިޒައިނިންގ، ޕާސްޕޯޓް ފޮޓޯ ނެގުން، ޓީޝާޓް ޕްރިންޓް ކުރުން، ބިޒް ކާޑް ޕްރިންޓް ކުރުމުގެ އިތުރުން ފޯނު މާރަމާތުކޮށްދިނުމާއި ކަރަންޓުގެ އެކި މަސައްކަތްތައް ކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް