އެމްޑީޕީގެ ރައީސް ކަމަށް އަނެއްކާވެސް ނަޝީދު ކުރިމަތިލައްވައިފި

ރާއްޖޭގެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ކުރިމަތިލައްވައިފިއެވެ. އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ ދައުރު ހަމަވުމުނ...

15 Oct 2019 | 04:57

ރާއްޖޭގެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ކުރިމަތިލައްވައިފިއެވެ.

އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ ދައުރު ހަމަވުމުން އެޕާޓީން އާ އިންތިޚާބެއް ބާއްވާނެ ކަމަށް އިއުލާނުކުރިއިރު، އެއިންތިޚާބުގައި ވާދަކުރައްވާނެކަން ނަޝީދު ހާމަކުރެއްވީ ޓްވީޓަކުންނެވެ. އެމަނިކުފާނު ވަނީ އެޕާޓީގެ ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރައްވާފައެވެ.

"އެމްޑީޕީގެ އެންމެ މެމްބަރުންގެ އަރިހުން ވަރަށް އިހުލާސްތެރިކަމާއެކު މި އެދެނީ އަޅުގަނޑަށް ތާއީދުކުރައްވާ ވޯޓު ދެއްވުމަށް" ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވީ އެމަގާމުގެ ދައުރު ހަމަވުމުންނެވެ. އެޕާޓީގެ ރައީސް ކަމަށް އަދި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. ދައުރު ހަމަވުމުން އެމްޑީޕީގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތިލެއްވުމަށްވެސް އެޕާޓީގެ ބައެއް މެމްބަރުން ވަނީ އެދިފައެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރ 22 ވަނަ ދުވަހު އެވެ. އެމްޑީޕީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހު މެންދުރު 12:00 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް