ސަނީގެ ދަރިފުޅުގެ އުފަންދުވަހު ބޭއްވީ "ފްރޯޒެން" ތީމް ޕާޓީއެއް

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް، ސަނީ ލިއޯނީ އޭނާގެ އަންހެން ދަރިފުޅު ނިޝާ ކޯރްގެ އުފަންދުވަހުގެ ފޮޓޯއެއް އާންމުކޮށްފިއެވެ. އެ ފޮޓޯ އިން ފެންނަގޮތުގައި ނިޝާގެ ހަތަރުވަނަ އުފަންދުވަހު ބާއްވާފައި ވަނީ މަ...

15 Oct 2019 | 04:13

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް، ސަނީ ލިއޯނީ އޭނާގެ އަންހެން ދަރިފުޅު ނިޝާ ކޯރްގެ އުފަންދުވަހުގެ ފޮޓޯއެއް އާންމުކޮށްފިއެވެ.

އެ ފޮޓޯ އިން ފެންނަގޮތުގައި ނިޝާގެ ހަތަރުވަނަ އުފަންދުވަހު ބާއްވާފައި ވަނީ މަޝްހޫރު ކާޓޫން "ފްރޯޒެން" ތީމްގެ ޕާޓީ އެކެވެ. އިއްޔެ ބޭއްވި މި ޕާޓީގެ އެންމެ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު، މިއީ އާއިލާގެ ހުރިހާ މެމްބަރުން އެއްކޮށް ސަނީގެ އިންސްޓަގްރާމް އެކައުންޓުން މިފަހުން ފެނުނު ފުރަތަމަ ފަހަރެވެ.

ތިން ދަރިންނާއި ފިރިމީހާ އާއި އެކު ނަގާފައިވާ އެ ފޮޓޯ ހިއްސާކުރަމުން ސަނީ ބުނީ، ނިޝާ އަކީ ހެއްދެވި ފަރާތުން ދިން ހަދިޔާއެއް ކަމުގައެވެ. މީގެ އިތުރުން، ސަނީގެ ފިރިމީހާ ޑެނިއަލް ވެބަރ ވެސް ވަނީ ހަމަ އެފޮޓޯ ހިއްސާކުރުމަށްފަހު މިފަދައިން ބުނެފައެވެ.

ނިޝާގެ ހަތަރުވަނަ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކުރިއިރު، ނިޝާ އަކީ އެދެމަފިރިން އެޑޮޕްޓް ކޮށްފައިވާ ކުއްޖެކެވެ. ނިޝާ އެމީހުންގެ ދަރިއަކަށް ހަދާފައި ވަނީ 2017 ވަނަ އަހަރު އެވެ. ފަހުން އެދެމަފިރިންނަށް ވަނީ ޓްވިންސެއް ވެސް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް