މިލާން ޑާބީ މެޗަކީ މޮޅުވުން މަޖުބޫރު މެޗެއް: ފްރޭންކް ކެސީ

އިޓަލީގެ ގަދަ ދެ ބާރުގެ ގޮތުގައި ޒަމާންތަކެއް ވާންދެންއޮތް މިލާންއަށް ނިސްބަތްވާ ދެ ކްލަބް ކުޅޭ "މިލާން ޑާބީ" މެޗަކީ އޭސީ މިލާން މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި އެ ޓީމުގެ މިޑްފީލްޑަރ ފްރޭންކް ކެސީ...

15 Oct 2017 | 16:44

އިޓަލީގެ ގަދަ ދެ ބާރުގެ ގޮތުގައި ޒަމާންތަކެއް ވާންދެންއޮތް މިލާންއަށް ނިސްބަތްވާ ދެ ކްލަބް ކުޅޭ "މިލާން ޑާބީ" މެޗަކީ އޭސީ މިލާން މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި އެ ޓީމުގެ މިޑްފީލްޑަރ ފްރޭންކް ކެސީ ސިފަކޮށްފިއެވެ.

މިއީ އެޓްލަންޓާއިން ލޯނު އެއްބަސްވުމެއްގެ ދަށުން މިލާނަށް 2 އަހަރަށް ދޫކޮށްފައިވާ އައިވަރީ ކޯސްޓްގެ ޒުވާން މިޑްފީލްޑަރ ކުޅޭ ފުރަތަމަ "މިލާން ޑާބީ" މެޗެވެ. ކެސީ ބުނީ މި މެޗުން ކޮންމެހެނެއް ހަދާފައިވެސް 3 ޕޮއިންޓް ހޯދަން ބޭނުންވާ ކަމަށާއި އެކަމަށްޓަކާ އިންޓަ މިލާންގެ އީވާން ޕެރިސިޗް އަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

"މޮޅަށް ރަނގަޅަށް ނުޅެވުމަށް ނުވަތަ ރަނގަޅަށް ނުކުޅެވުނު ކަމުގައި ވިޔަސް، ޑާބީ މެޗުން މޮޅުވުމަކީ މަޖުބޫރު ކަމެއް. ހުރިހާ ގޮތަކުން ބަލާއިރުވެސް މި މެޗް ކާމިޔާބު ކުރަން ޖެހޭ" ކެސީ ބުންޏެވެ. ކެސީ އިތުރަށް ބުނީ މިލާނުން އޭނާ ގެނައީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށާއި، އެއީ އޭނާއަށް އައު ޗެލެންޖެއް ކަމަށެވެ.

މި މެޗަށް ނުކުންނައިރު އިންޓަމިލާން ކުޅުނު 7 މެޗުން ހޯދި 19 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތްއިރު، މި ސީޒަނަށް ބޮޑު ހޭދައެއްކޮށް ގިނަ ކުޅުންތެރިންތަކެއް ގެނެސްފައިވާ އޭސީ މިލާން އޮތީ ކުޅުނު 7 މެޗުން ހޯދުނު 12 ޕޮއިންޓާއެކު 9 ވަނައިގައެވެ.

މަޝްހޫރު މިލާން ޑާބީ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ 23:45 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް