ވަގު ފައިސާތަކެއް ގެންގުޅުނު މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމު ކޮށްފި

ވަގު ފައިސާތަކެއް ގެންގުޅު މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާއްމު ކޮށްފި އެވެ. އެ ވީޑިއޯއިން ފެންނަނީ މީހަކު ފިހާރައަކުން އެއްޗެހިތަކެއް ގަންނަ މަންޒަރެވެ. އެއީ ކޮން ފިހާރައެއްކަމެއް ނޭނގެ އެވެ ފު...

15 Oct 2017 | 05:41

ވަގު ފައިސާތަކެއް ގެންގުޅު މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާއްމު ކޮށްފި އެވެ.

އެ ވީޑިއޯއިން ފެންނަނީ މީހަކު ފިހާރައަކުން އެއްޗެހިތަކެއް ގަންނަ މަންޒަރެވެ. އެއީ ކޮން ފިހާރައެއްކަމެއް ނޭނގެ އެވެ

ފުލުހުން ބުނީ މަތީގައިވާ ވީޑިއޯ އިން ފެންނަ މީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ކައުންޓަރފީޓް މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އެއީ ވަގު ޑޮލަރުތަކެއް ބޭނުންކޮށްގެން ވިޔަފާރި ކުރި މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް