މުދަލު ޒަކާތް ބަހަން ފަށައިފި

2016 ވަނަ އަހަރުގެ މުދަލުޒަކާތުން ފަޤީރުންނާއި މިސްކީނުންނަށް ކަނޑައެޅުނު ބައިން މާލެސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 20...

15 Oct 2017 | 04:36

2016 ވަނަ އަހަރުގެ މުދަލުޒަކާތުން ފަޤީރުންނާއި މިސްކީނުންނަށް ކަނޑައެޅުނު ބައިން މާލެސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 2017 ން 17 އޮކްޓޫބަރު 2017 ގެ ނިޔަލަށް ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

މިގޮތުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތަކަކީ މި ތިން ދުވަހު ހެނދުނު 09:00 އިން މެންދުރުފަހު 3:00 އަށް އިސްލާމިކް މިނިސްޓްރީގައި ކަމަށް އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ފަޤީރުންގެ ލިސްޓުގައި ނަންނޯޓް ކުރެވިފައިވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުހިފައިގެން ބަދަލުގައި މީހަކު އައިކަމުގައި ވީނަމަވެސް އެއީ ވެރިފަރާތުން ފޮނުވި މީހެއްކަމުގައި ބަލައި އެފަރާތުގެ ފައިސާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އަންނަ ފަރާތަކަށް ދޫކުރެވޭނެ ކަމަށާއި އަދި ކޮންމެ ދުވަހަކު ދޫކުރުމަށް ހަމަޖެހިފައިވަނީ 150 ނަންބަރެވެ. ކޮންމެ ނަންބަރަކަށް ޚިދުމަތް ދެވޭނީ ގިނަވެގެން 15 އައިޑީ ކާޑަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް