އެތްތަކެއްގެ ދަށުވެ ރޮހިންގާ ރެފިއުޖީންތަކެއް މަރުވެއްޖެ

މިޔަންމާއިން ރޮހިންގާ ދަރިކޮޅުގެ އެތައް ލައްކަ މުސްލިމުންނެއް ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާއިރު އެތްތަކެއްގެ ދަށުވެ ރޮހިންގާގެ ހަތަރު މުސްލިމަކު މަރުވެއްޖެ އެވެ. ހޮނިހިރު ދުވަހުގެ ދަންވަރު ވަގުތެ...

14 Oct 2017 | 22:53

މިޔަންމާއިން ރޮހިންގާ ދަރިކޮޅުގެ އެތައް ލައްކަ މުސްލިމުންނެއް ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާއިރު އެތްތަކެއްގެ ދަށުވެ ރޮހިންގާގެ ހަތަރު މުސްލިމަކު މަރުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ދަންވަރު ވަގުތެއްގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ ކުޑަ ތިން ކުއްޖަކާއި އަންހެނެކެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ރޮހިންގާ ރެފިއުޖީން ނިދާފައި ތިބި ވަގުތު އެތްތަކެއް އެ ކޭމްޕްތަކުގެ ތެރެއިން ދަތުރު ކުރުމުންނެވެ. އެ ކޭމްޕްތަކަކީ މައި ކޭމްޕްތަކުން ޖާގަ ނުލިބުނު ބައެއް ރެފިއުޖީން އަޅާފައިވާ ކުދި ޓެންޓްތައް ހިމެނޭ ސަރަހައްދެކެވެ.

މި ހާދިސާގައި ރޮހިންގާގެ ހަތަރު މީހަކު މަރުވެފައިވާއިރު އެ ސަރަހައްދަކީ ގިނަ އަދަދަކަށް އެތް އުޅޭ ސަރަހައްދެއްކަމުން ރޭގަނޑު އެ ސަރަހައްދުތަކުގައި ފޯރި މެރުމަށް ބަންގްލަދޭޝްގެ ފުލުހުން މިހާރު ނިންމާފައިވާކަމަށް ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.

އދ އިން ހާމަކޮށްފައިވާގޮތުގައި އޯގަސްޓް މަހުގެ 25 އިން ފެށިގެން މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ މުސްލިމުން ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް ހިޖުރަ ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް