އިންޑިއާގައި ފާހަގަކުރާ ފެސްޓިވަލެއް ކަމުގައިވާ ދިވާލީގައި ބަޑިބޭސް ބޭނުން ނުކުރުމަށް އެގައުމުގެ ސުޕްރީމް ކޯޓުން އަންގާފައިވާއިރު އެކަމަށް ތާއީދުކޮށް ބޮލީވުޑް ބަތަލާ ޝްރައްދާ ކަޕޫރު ކުރި ޓްވީޓަކާއި ގުޅިގެން އޭނާއަށް ވަރަށްބޮޑަށް ފާޑުކިޔުން ރައްދުވެއްޖެ އެވެ.
ޖަނަވާރަށް ލޯބިކުރާ ބަތަލާއެއްކަމުގައިވާ ޝްރައްދާ، ކުއްތާއަކާއެކު ނަގާފައިވާ ވީޑިއޯއެއް ޓްވީޓް ކުރަމުން ބުނެފައިވަނީ ދިވާލީގައި ބަޑިބޭސް ގޮއްވުމުން ޖަނަވާރުތަކަށް ވަރަށް އުނދަގޫވާނެ ކަމަށާއި މި ފަހަރު ދިވާލީ ބަޑިބޭހާ ނުލާ ފާހަގަކުރުން ރަނގަޅުވާނެ ކަމަށެވެ.
މި ޓްވީޓާއެކު ޝްރައްދާއަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އޭނާގެ ބައެއް ފިލްމުތައް ޕްރޮމޯޓް ކުރުމުގައި ބަޑިބޭސް ބޭނުންކޮށްފައިވާ ފޮޓޯތަކާއެކު އެއްބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަނެއް ބަޔަކު ބުނަމުން އަންނަނީ އޭސީ ބޭނުން ނުކޮށް ކާރު ނުދުއްވާނަމަ ތިމާވެށިވެސް ސަލާމަތްވާނެ ކަމަށާއި އެކަންކަމާ އުޅުން މާ ރަނގަޅުވާނެ ކަމަށެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުގެ ނިންމުމަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު އެއްބަޔަކު ބުނެފައިވަނީ ސުޕްރީމްކޯޓުގެ އެ ނިންމުމަކީ އެ ގައުމުގެ ޝަގާފަތް ނެތިކޮށްލުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް