ރޯހިތު ހަދާ ހުރިހާ ފިލްމަކުން ޖާގަދޭން އޭނާ ގާތު ބުނެފިން: ޕަރިނީތީ ޗޯޕުޅާ

ބޮލީވުޑްގެ މަޝްހޫރު ޑިރެކްޓަރު ރޯހިތު ޝެޓީ އުފައްދާ ހުރިހާ ފިލްމަކުން ޖާގަދޭން ރޯހިތު ޝެޓީ ގާތު ބުނެފައިވާނެ ކަމަށް "ގޯލްމާލް އަގޭން"ގެ ތަރި ޕަރީނީތީ ޗޯޕުޅާ ބުނެފި އެވެ. ޕަރީނީތީ މިހެން ބުނެފައިވަނީ އ...

14 Oct 2017 | 22:15

ބޮލީވުޑްގެ މަޝްހޫރު ޑިރެކްޓަރު ރޯހިތު ޝެޓީ އުފައްދާ ހުރިހާ ފިލްމަކުން ޖާގަދޭން ރޯހިތު ޝެޓީ ގާތު ބުނެފައިވާނެ ކަމަށް "ގޯލްމާލް އަގޭން"ގެ ތަރި ޕަރީނީތީ ޗޯޕުޅާ ބުނެފި އެވެ.

ޕަރީނީތީ މިހެން ބުނެފައިވަނީ އޭނާ އެކްޓް ކޮށްފައިވާ އައު ފިލްމު "ގޯލްމާލް އަގޭން" އާއި ބެހޭގޮތުން މީޑިއާއާއި ވާހަކަ ދައްކަމުންނެވެ.

ރޯހިތު ޝެޓީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ލީޑު ރޯލުތައް ކުޅެފައިވަނީ އަޖޭ ދޭވްގަން، ތުޝާރު، އަރުސަދު ވަރްސީ، ކުނާލް ކެމްމޫ އަދި ޝްރެޔާ ތަލްޕަޅޭ އެވެ. މި ފިލްމުގައި އަންހެން ލީޑްރޯލް ކުޅެނީ ޕަރީނީތީ ޗޯޕުޅާ އެވެ.

ޕަރީނީތީ ބުނެފައިވަނީ މި ފިލްމު ކުޅެން ފުރުސަތު ލިބިގެން ދިއުން އެއީ ހުވަފެނެއް ސީދާވުންފަދަ ކަމެއް ކަމަށާއި އިސްކޮޅުގައި ހަފޫޓު ދެ އިންޗި ހުންނަ ރޯހިތު ޝެޓީގެ އޮންނަނީ ރަން ހިތެއް ކަމަށެވެ. އަދި ރޯހިތު ޝެޓީ ޑައިރެކްޓްކުރާ އެކްޝަން ފިލްމެއްގައި އެކްޓް ކުރަން ބޭނުންވާ ކަމަށްވެސް ޕަރީނީތީ ބުނެފައި ވެ އެވެ.

ގޯލްމާލް އަގޭން ރިލީޒް ކުރުމަށް ހަމަޖެގިފައިވަނީ އަންނަ ހުކުރު ދުވަހުގަ އެވެ. މި ފިލްމަކީ ގޯލްމާލް ފްރެންޗައިސްގެ ހަތަރުވަނަ ފިލްމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް