އިނގިރޭސިވިލާތުގެ ދަ ގްރޭޓް ބްރިޓަންގެ ޕާލިމެންޓަށް ނިސްބަތްވާ ގިނަ އީމެއިލް އެކައުންޓުތަކެއް ހެކްކޮށްލިކަމުގެ ތުހުމަތު އެގައުމުން އީރާންއަށް ކޮށްފިއެވެ.
މި އަހަރުގެ ޖޫންމަހު ދިން މި ހަމަލާގެ ތުހުމަތު އެންމެ ފުރަތަމަ ކޮށްފައިވަނީ ރަޝިޔާއަށެވެ. އެހެން ނަމަވެސް ބްރިޓަންގެ އިންޓެލިޖެންސް އެޖެންސީއިން ހިންގި ތަހުގީގުގެ ރިޕޯޓުގައި ބުނެފައިވަނީ ނުވަ ހާހަކަށް އީމެއިލް އެކައުންޓަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާން ކަމަށެވެ. މި އެކައުންޓު ތަކުގެ ތެރޭގައި އެގައުމުގެ ބޮޑު ވަޒީރުގެ އިތުރުން ކެބިނެޓްގެ އީމެއިލް އެކައުންޓުތައްވެސް ހިމެނެއެވެ. ނުވަހާސް އެކައުންޓަށް ކެނޑިނޭޅި ދިން ހަމަލާތަކުން 90 އެކައުންޓެއް ހެކްކޮށްލައި މުހިންމު މައުލޫމާތު ތަކެއް ވަގަށް ނަގާފައިވާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މި އީމެއިލް އެކައުންޓުތައް ހެކްކޮށްލާފައިވަނީ މާލީ ފައިދާއެއް ހޯދުމަށްވުރެ ބޮޑަށް ބްރިޓަން ސަރުކާރުން ހިންގަމުންދާ ކަންކަމުގެ ސިއްރު މައުލޫމާތު ހޯދުމަށްކަމަށް ބެލެވެއެވެ. މިކަމާއި ގުޅިގެން އީރާންގެ ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް