މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހަކު އުޅޭ ވަކި ތަނެއް ނޭނގޭތީ، އެ މީހާ ހާޒިރުވުމަށް އަންގައި ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން ހޯދަމުނ...

15 Sep 2026 | 06:11
N/A

N/A

ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހަކު އުޅޭ ވަކި ތަނެއް ނޭނގޭތީ، އެ މީހާ ހާޒިރުވުމަށް އަންގައި ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ހޯދަމުން ދަނީ ހމ. ފްލެޓް ނަންބަރު 05-2-42 / މާލެ، މަޢުޖޫދު ރިޔާޟް (42އ) އެވެ. އެ މީހާގެ އައިޑީކާޑު ނަންބަރަކީ A112777 އެވެ. އެ މީހާ ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށެވެ.

ފުލުހުން އެ މީހާއަށް ހާޒިރުވުމަށް އަންގައިފައި ވަނީ 2026 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 14:00 އަށް ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ. މި އިއުލާނު ކޮށްފައި ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް