މިދިޔަ ހަފްތާ 544 ވެހިކަލުގައި ސްޓިކާ ޖެހި

ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ނިމިދިޔަ ހަފްތާ 544 ވެހިކަލުގައި ސްޓިކާ ޖަހައިފިއެވެ. ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު ނެރޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 544 ވެހ...

15 Sep 2019 | 07:21

ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ނިމިދިޔަ ހަފްތާ 544 ވެހިކަލުގައި ސްޓިކާ ޖަހައިފިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު ނެރޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 544 ވެހިކަލެއްގައި މިދިޔަ ހަފްތާގައި ވަނީ ސްޓިކާ ޖަހައިފައެވެ. އެއީ މިމަހުގެ 07 ވަނަ ދުވަހުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ފުލުހުން ސްޓިކާ ޖަހާފައިވާ އަދަދެވެ.

ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.

މި މުއްދަތުގައި 398 ވެހިކަލް ވަނީ ޗެކުކޮށްފައެވެ. މީގެ އިތުރުން 70 އުޅަނދެއް ޓޯވ ކޮށްފައިވާއިރު، ލައިސަންސް ކާޑު ނުލައި ދުއްވި 62 މީހަކު ވާނީ ހުއްޓުވާފައެވެ. ލައިސަންސް ނެތް 94 މީހަކު ވެސް ވަނީ ހުއްޓުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް