އޯއައިސީ ބައްދަލުވުމަށް މިނިސްޓަރު ޝާހިދު ޖިއްދާ އަށް

ދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖިއްދާ އަށް ފުރާވަޑައިގެންފިއެވެ. އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސ...

15 Sep 2019 | 06:14

ދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖިއްދާ އަށް ފުރާވަޑައިގެންފިއެވެ.

އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް އެކްސްޓްރާ އޯޑިނަރީ މީޓިން އޮތީ ސައުދީޢަރަބިއްޔާގެ ޖިއްދާގައެވެ.

މި މީޓިންގ ކުއްލިގޮތަކަށް ބާއްވަން ނިންމާފައި ވަނީ އަންގާރަ ދުވަހު ބާއްވާ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ޖޯޑަން ވާދީ އާއި ޑެޑް ސީގެ އުތުރުން ބޮޑު ބައެއް އިޒްރޭލުގެ ތަނަކަށް ހަދާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވާތީއެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަލަސްތީނާއި އެއްކޮޅަށް ވަކާލާތުކުރުމަށް ޖިއްދާ އަށް ވަޑައިގަންނަވާކަމުގައެވެ. ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ މައްސަލާގައި ވަކާލާތު ކުރާނީ އެ ގައުމާއި އެއްކޮޅަށް ކަމަށާއި ރާއްޖެ އޮތީ ފަލަސްތީނާއި އެކުގައި ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

https://twitter.com/abdulla_shahid/status/1172931836407795713

ފަލަސްތީނުގެ މައްސަލާގައި ރާއްޖެއިން މީގެ ކުރިން ވަނީ ބަޔާނެއް ނެރިފައެވެ. އެ ބަޔާނުގައި ފަލަސްތީނުގެ އެއްވެސް ބިމަކަށް ވެރިވެގަތުމަކީ ޖެނީވާ ކޮންވެންޝަނާ ހިލާފު ނިންމުމެއް ކަމަށާއި، އެއީ މެދުއިރުމަތީގެ ސުލްހައަށް ވެސް އެޅިގެންދާނެ ހުރަހެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް