ހުޅުމާލެ ފަތާ ޓްރެކް ކައިރީ ފާހާނާ ބަރިއެއް އަޅައިފި

ހުޅުމާލޭ ބީޗުގައި އޮންނަ ފަތާ ޓްރެކް ކައިރީ ޕަބްލިކް ފާހާނާ ބަރިއެއް އަޅައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ހުޅުމާލޭ ފަތާ ޓްރެކު ސަރަހ...

15 Sep 2019 | 06:00

ހުޅުމާލޭ ބީޗުގައި އޮންނަ ފަތާ ޓްރެކް ކައިރީ ޕަބްލިކް ފާހާނާ ބަރިއެއް އަޅައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ހުޅުމާލޭ ފަތާ ޓްރެކު ސަރަހައްދުގައި ހަދާފައިވާ ފާހަނަ ބަރިތައް މިހާރު އާމުންނަށް ބޭނުންކުރެވޭނެ ކަމަށާއި، އެތަނުގައި އަންހެނުންނާއި ފިރިހެނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާތައް ހުންނާނެ ކަމަށެވެ.

https://twitter.com/hdcmaldives/status/1172850624142008321

އަލަށް ހެދި މި ފާހާނާ ބަރިތައް ގާއިމުކޮށްފައި ވަނީ އާމުންނަށް ފެންވެރޭނެ ގޮތަށެވެ. އަދި ޗައިލްޑް ކެއަރ ކޮޓަރިއެއްވެސް މި ފާހާނާ ބަރިތަކުގައި ވަނީ ހަދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް