ކަތުރުފަންޏާއި ހެދި ކްރިމިނަލް ކޯޓުގެ މިއަދުގެ ޝަރީއަތްތައް ކެންސަލް

ކަތުރުފަނި ނައްތައިލުމުގެ މަސައްކަތް ކްރިމިނަލް ކޯޓުގެ އިމާރާތުގައި ކުރިއަށްދާތީ މިއަދުގެ ހުރިހާ އަޑުއެހުމެއް ކެންސަލް ކޮށްފިއެވެ. ރާއްޖެއެމްވީ އާއި ހަވާލާދީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝ...

15 Sep 2019 | 05:35

ކަތުރުފަނި ނައްތައިލުމުގެ މަސައްކަތް ކްރިމިނަލް ކޯޓުގެ އިމާރާތުގައި ކުރިއަށްދާތީ މިއަދުގެ ހުރިހާ އަޑުއެހުމެއް ކެންސަލް ކޮށްފިއެވެ.

ރާއްޖެއެމްވީ އާއި ހަވާލާދީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް ވިދާޅުވީ، ކްރިމިނަލް ކޯޓު ހިންގާ އިމާރާތުގައި ކަތުރުފަނި އަޅާފައި ވާތީ އޭއްޗިހި ނައްތައިލުމަށް މިހާރު ބޭސް ޖަހާފައިވާ ކަމަށެވެ.

އެހެން ކަމުން މިއަދަށް ތާވަލްކޮށްފައިވާ ޝަރީއަތްތައް ކެންސަލް ނަމަވެސް ބަންދުގެ މުއްދަތު ޖެހުން ޖަސްޓިސް ބިލްޑިންގްގައި އޮންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކަތުރުފަނީގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބޮޑުވެފައިވާއިރު، ނުނިމި ގިނަ މައްސަލަތަކެއް އެކޯޓުގައި ދިގުލައިގެން ގޮސްފައިވާ ކަމަށް ޖޭއެސްސީން އެކުލަވައިލި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައެއް ހިމެނޭ ކަމަށް އެ ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް