ނ. މަދަދުއަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް މާލެ ވަޑައިގެންފައި ވަނީ މިއަދު ހެނދުނުއެވެ.
ރައީސް މަނަދޫއަށް ވަޑައިގަތީ 'މިލަދެކުނު އަދަބީ ޢީދު 2019' ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށެވެ. އެމަނިކުފާނު ރޭ ވަނީ އަދަބީ ޢީދުގެ ނިންމުމުގެ ޖަލްސާގައި ބައިވެވެވަޑައިގެން މި އަދަބީ ޢީދުގެ އެކި މުބާރާތްތަކުން އެއް ވަނައަށް ދިޔަ ދަރިވަރުންނާއި ސްކޫލްތަކަށް ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި މި އަދަބީ ޢީދުގައި ތަރި ލިބުނު ސްކޫލުތަކަށް ވެސް ރައީސް ވަނީ އިނާމު ދެއްވައިފައެވެ.
އަދަބީ ޢީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ދަރިވަރުންނާއި އާންމުން ހޭލުންތެރިކުރުވައި، އެ ކަންކަމަށް އޮންނަ ޝައުޤުވެރިކަމާއި ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ދިވެހި ބަހުގެ އެކެޑަމީން ބާއްވަމުން އަންނަ އަދަބީ ޙަރަކާތެކެވެ.
ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، ދިވެހިބަހާއި ތާރީޚަށް ލޯބިކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް