ޔުއެފާ އެސިސްޓް ޕްރޮގްރާމެއްގެ ދަށުން ރާއްޖޭގައި އަންހެން ފުޓްބޯޅަ ކޯޗުން ތަމްރީނު ކުރުމުގެ ކޯހެއް ފަށައިފިއެވެ.
މި ކޯސް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ޔުއެފާގެ އެހީތެރުކަމާއި އެކު މި ކޯސް ކުރިއަށްދާއިރު، މިކޯހުގައި ކިޔަވައިދެނީ ޔުއެފާގެ އިންސްޓްރަކްޓަރެއް ކަމަށްވާ ނެދަލޭންޑްސްގެ ހެސްޓަރިން ޖެނެޓް ޑި ރޫސް އެވެ.
މި ކޯސް މެދުވެރިކޮށް ބޭސިކް ކޯޗިންނާއި، ކޯޗުން އެންމެ ބޯޑަށް ވިސްނަންވީ ކަންތައްތަކާއި، އަންހެން ކޯޗުންނަށް އަމަލީ ގޮތުން ދިމާވާ ކަންތައްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ތިން ދުވަހަށް ކުރިއަށްދާ މި ކޯސް މާދަމާގެ ނިޔަލަށް ނިމޭއިރު، މި ކޯހުގައި ބައިވެރިވެރިވެފައިވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ އަންހެން ކުޅުންތެރިންނާއި ކުރިން ޤައުމީ ޓީމަށް ކުޅެފައިވާ އަދި ފުޓްބޯޅައިގެ ތެރޭގައި މިހާރުވެސް ހަރަކާތްތެރިވާ އަންހެން ބޭފުޅުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް