ކެންސަރު ފަރުވާއަށް ޑަކުޓަރުންނާއި ނަރުހުން ތަމްރީނު ކުރުމަށް ރާއްޖެއިން އާރުސީސީއާއެކު އެއްބަސްވުމަކަށް ދަނީ

ކެންސަރު ފަރުވާއަށް ޑަކުޓަރުންނާއި ނަރުހުން ތަމްރީނު ކުރުމަށާއި ކެންސަރަށް ރާއްޖޭގައި ދެވޭ ފަރުވާ އިތުރަށް ހަރުދަނާ ކުރުމަށް އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރ (އާރުސީސީ) ހޮސްޕިޓަލާއެކު ދިވެހިރާއްޖެއ...

15 Sep 2019 | 04:11

ކެންސަރު ފަރުވާއަށް ޑަކުޓަރުންނާއި ނަރުހުން ތަމްރީނު ކުރުމަށާއި ކެންސަރަށް ރާއްޖޭގައި ދެވޭ ފަރުވާ އިތުރަށް ހަރުދަނާ ކުރުމަށް އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރ (އާރުސީސީ) ހޮސްޕިޓަލާއެކު ދިވެހިރާއްޖެއިން މާދަމާ އެއްބަސްވުމަކަށް ދާނެ ކަމަށް އިންޑިއާއިން ރިޕޯޓްކޮށްފިއެވެ.

އެގޮތުން ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި އެއްބަސްވުމުގެ ދަށުން، ރާއްޖެއިން އިންޑިއާއަށް ފޮނުވާ ޑަކުޓަރުން، ނަރުހުން، ފާމަސިސްޓުން، ލެބް ޓެކްނީޝަނުން، އަދި ޕެރެމެޑިކަލް ސްޓާފުންނަށް އާރުސީސީން ތަމްރީނު ދޭނެއެވެ. އަދި ރާއްޖޭގައި ކެންސަރ ސެންޓަރ ތައް ގާއިމު ކުރުމަށްވެސް އާރުސީސީން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކަމަށާއި ކެރަލާ ސްޓޭޓް ސަރުކާރާއެކު ކުރެވޭ މި އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕިނަރަޔައި ވިޖަޔަންގެ ހާޒިރުގައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އާރުސީސީ ހޮސްޕިޓަލަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން އާސަންދަ ހިދުމަތްވެސް ލިބެމުން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް