ވެރިކަން ކުރާ ޕީޕީއެމްއިން މާލޭގެ އުތުރު ފަރާތުގައި ދަތުރުވެރިންނަށް އަމާޒުު ކޮށްގެން ކެމްޕެއިން ފަށައިފި އެވެ.
ޕީޕީއެމްއިން ބުނީ މި ހަރަކާތަކީ މެޑަމް ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމަށް އެކަމަނާގެ ކެމްޕެއިން އޮފީހުން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މިހަރަކާތުގެ ތެރެއިން މާލެ އަންނަ ފަރާތްތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ވާހަކަތައް އަޑުއަހައި، އެ މީހުންނަށް އަމާޒުކޮށްގެން ރައީސް ޔާމީނަށް ތާއީދު އިތުރުކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި މާރުކޭޓުތަކުގައު އުޅޭ ފަރާތްތަކާއި ބައްދަލުކޮށް ރައީސަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާނެ އެވެ.
ޕީޕީއެމްގެ އެކި ޓީމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންދާއިރު މެޑަމް ފާތުން މިވަގުތު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ލ. އަތޮޅުގައި އެވެ. އެ އަތޮޅުގެ ގިނަ ރަށްތަކަކަށް އެކަމަނާ ގެންދަވަނީ ޒިޔާރަތް ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް