އިންތިހާބާއި ދިމާކޮށް ކަރެކްޝަންސްގެ އިސްމަގާމުތަކަށް ބަދަލު ގެނެސްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ތިން މަގާމަކަށް ބަދަލު ގެނެސްފި އެވެ. ކަރެކްޝަންސް އިން ބުނީ މި ބަދަލު ގެނައީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ޖަލުތައް ހަލަބޮލިކޮށް ހަމަނުޖެހުން ހިންގަން މަސައްކަތ...

15 Sep 2018 | 07:18

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ތިން މަގާމަކަށް ބަދަލު ގެނެސްފި އެވެ.

ކަރެކްޝަންސް އިން ބުނީ މި ބަދަލު ގެނައީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ޖަލުތައް ހަލަބޮލިކޮށް ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފާނެތީ ގެންނަ ބަދަލުތަކުގެ ތެރެއިން ކަމަށެވެ. މިފަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށް ބަދަލު ގެނެސްފައިވަނީ މާލޭ ޖަލުގެ ވެރިޔާގެ މަގާމަށާއި މާފުށީ ޖަލުގެ ވެރިޔާގެ މަގާމުގެ އިތުރުން ދެ ސުޕްރިންޓެންޑެންޓަކު ކަރެކްޝަންސްގެ ހެޑް ކުއާޓާގައި މަސައްކަތް ކުރާ ގޮތަށެވެ.

މާލޭ ޖަލުގެ ޑައިރެކްޓާ އޮފް ޕްރިޒަންސްގެ މަގާމަށް ހަމަޖައްސާފައިވަނީ އެސްޕީ އިބްރާހިމް މުހައްމަދު ދީދީ އެވެ. މާފުށީ ޖަލުގެ ޑައިރެކްޓާ އޮފް ޕްރިޒަންސްގެ މަގާމަށް ހަމަޖައްސާފައިވަނީ ސީޕީއޯ އަހްމަދު ރިޒާ އެވެ.

ހެޑްކުއާޓާގައި މަސައްކަތް ކުރާ ގޮތަށް ބަދަލުކޮށްފައިވަނީ އެމްސީއެސް ގެ ދެ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިން ކަމަށްވާ އެސްޕީ މޫސާ އަންވަރު އަދި އެސްޕީ މުހައްމަދު ޝާހީން އަލީ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ބަދަލު ގެނައީ ކަރެކްޝަންސްގެ އިސް އޮފިސަރުންތަކެއް ރައިސް އަބްދުﷲ ޔާމީން އާއި ދެކޮޅަށް ކެމްޕެއިން ކުރާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް